03 އެޕްރީލް 2022
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހަދައި ހުޅުވާފައިވާ ޕޮލިސް އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ބަލަހައްޓާނީ އިންޑިއާ އިން ނޫން ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހަދައި ހުޅުވާފައިވާ ޕޮލިސް އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ބަލަހައްޓާނީ އިންޑިއާ އިން ނޫން ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކުރަން، އައްޑޫގައި ހެދީ އަސްކަރީ މަރުކަޒެއްގެ ތުހުމަތާ އެކު އެތަނުގެ މެއިންޓަނަންސް ބެލެހެއްޓުމާއި އެކަމަށް ހިނގާ ހޭދަ ވެސް ބަލަހައްޓަން ހަމަޖެހިފައި އޮތީ އިންޑިއާ އިން ކަމުގެ ތުހުމަތު ބައެއް މީހުން ކުރެ އެވެ.
ފުލުހުންގެ ތަރުޖަމާން، ޗީފް ސްޕްރިންޓެންޑެންޓް ޔޫނުސް ސޮބާހް މިއަދު ވިދާޅުވީ އެ ކޮލެޖާ ގުޅުން ހުރި ހުރިހާ ކަމެއްގެ ބާރު އޮތީ ދިވެހި ފުލުހުން ކަމަށެވެ. އޭގެތެރޭގައި މެއިންޓަނަންސް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
"އެތަނުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން. އެކަމަކު ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑެއް އިންނާނެ ކޮންޓްރެކްޓަރު ބަލަހައްޓަން ޖެހޭ ކަންކަމަށް،" ޔޫނުސް ވިދާޅުވި އެވެ.
އެއް އަހަރު ދުވަހަށް އެ ކަންކަން ބަލަހައްޓާނީ، އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑުންނެވެ. އެ ކުންފުނިން ޕޮލިސް އެކެޑަމީގެ މަސައްކަތް ފެށީ 2017 ގަ އެވެ.
ޕޮލިސް އެކެޑަމީގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމަޑޭޝަން ބްލޮކްތަކަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކްލާސްރޫމަކާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓަކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރެއް ހިމެނެ އެވެ.
ފުލުހުންނާއި ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެކެޑަމީގެ އެއްބަސްވުމުގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ބަލާ އިރު އެއްވެސް ކަމެއް އޮތީ އިންޑިއާގެ ނުފޫޒު އޮންނާނެ ގޮތަކަށް ނޫނެވެ. އެއީ މިލިޓަރީ ތަނެއް ނޫން ކަމަށާއި އެތަން ބޭނުންކުރާނީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ޕޮލިސް ދަރިވަރުންތަކެއް ހާލު ދެރަވެގެން ފަރުވާ ދެނީ
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު
ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
މޫނު ނިވާކޮށްގެން ގެއަކަށް ވަދެ މީހަކަށް އަނިޔާކޮށްފި
ވެލި ފުންޏަކަށް އަރައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް
އަންހެނަކު ފެންވަރަން ހުއްޓާ ފުލުހުން ވަދެފައެއް ނުވޭ