މެލޭޝިއާގައި ކުރިއަށްދާ ލަލީގާގެ ޔޫތު މުބާރާތުގެ 16 އަހަރުންދަށުގެ ތިންވަނަ ރާއްޖޭގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އެކަޑަމީން ހޯދައިފި އެވެ.
15 ޖުލައި 2024
މެލޭޝިއާގައި ކުރިއަށްދާ ލަލީގާގެ ޔޫތު މުބާރާތުގެ 16 އަހަރުންދަށުގެ ތިންވަނަ ރާއްޖޭގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އެކަޑަމީން ހޯދައިފި އެވެ.
އަށް އަހަރުން ފެށިގެން 21 އަހަރުންދަށުގެ އުމުރުފުރާގައި، އުމުރުފުރާތަށް ވަކިން ބާއްވާ މުބާރާތުގައި ރާއްޖޭގެ ދެ ޓީމު ވާދަ ކުރި އެވެ. އެއީ ސަސްގެ އިތުރުން އާޖީލަކަށް އެކަޑަމީ އެވެ. އެ ދެ ޓީމު ވެސް ވާދަކުރީ 16 އަހަރުންދަށުގެ ބައިގަ އެވެ.
ސެމީ ފައިނަލާ ހަމަ އަށް ސަސް ދަތުރު ކުރި އެވެ. ސެމީގައި އެ ޓީމު ބަލިވީ ތައިލެންޑްގެ ސީނިއާ ފުޓޫބޯޅައިގައި ވެސް އެންމެ ވަރުގަދަ އެއް ކްލަބް ޗަންގްމާއީގެ 16 އަހަރުންދަށުގެ ޓީމު އަތުންނެވެ. އެ މެޗުގެ ސަސް ބަލިވީ 2-1 ންނެވެ. ވަރަށް ކުރީކޮޅު ޗަންގްމާއީގެ ޓީމުން ދެ ލަނޑު ޖެހި އެވެ. ކުޅުމުގެ ތެރެއަށް އެނބުރި އައިސް ސަސްއިން ފަހުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ސަސްގެ ސާއިން އަލީ: އޭނާ އަކީ 16 އަހަރުންދަށުގެ ކެޓަގަރީގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ --- ފޮޓޯ: ސަސް
އާޖީލަކަށް ޓީމު، ކުއާޓާ ފައިނަލަށް ދަތުރު ކުރި އެވެ. ކުއާޓާގައި އެ ޓީމު ބަލިވީ މެލޭޝިއާގެ ޕެންގެރެން އަތުންނެވެ. ސެމީ ފައިނަލުގައި މެލޭޝިއާގެ އެންމެ ވަރުގަދަ އެއް ކްލަބް ޖޯހަރު އަތުން ބަލިވެ ޕެންގެރެން އަށް ޖެހުނީ ތިންވަނަ ހޮވި މެޗުގައި ސަސްއާ ދެކޮޅަށް ކުޅޭށެވެ.
މެޗު ފަށަން ހަމަޖައްސާފައިވާ ވަގުތަށް ވުރެ ދެ ގަޑިއރު ފަހުން ކުޅުނު މެޗު ސަސްގެ އެކަޑަމީ ޓީމުން ކާމިޔާބު ކުރީ 1-0 ންނެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗު ޗަންގްމާއީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި 16 އަހަރުންދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ޖޯހަރު އެވެ.
އެ އުމުރުފުރާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި ސަސްގެ ސާއިން އަލީ ހިމެނެ އެވެ. އޭނާ ވަނީ ފަސް ގޯލް ޖަހައިފަ އެވެ.
ލަލީގާ ޔޫތު މުބާރާތަށް އާޖީލަކަށް އަދި ސަސް ފުރައިފި
އަނިޔާގައި ހުރި ރުޑިގާއަށް ހަ މެޗުގެ ސަސްޕެންޝަނެއް
40 ހަމަލާއިން އެއް ގޯލު ޖަހައި ބާސާ އަށް މޮޅެއް
ފަހު ވަގުތުގެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
މިސީޒަންގެ ނިޔަލަށް އޮލްމޯއަށް ބާސާގެ ޖާޒީގައި ކުޅެވޭނެ
ހިލޭޖެހުމަކުން އެމްބާޕޭގެ ފުރަތަމަގޯލުން ރެއާލަށް މޮޅެއް
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"
ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި