މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރީ ސަރުކާރުން އަޅަންފެށި ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
11 ޖުލައި 2024
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރީ ސަރުކާރުން އަޅަންފެށި ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ ނިމިފައި އޮތީ 29 ޕަސެންޓް ކަމަށެވެ. ނަމަވެސް މިހާރު ބްރިޖުގެ 40.47 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މި އަހަރު މާޗް މަހު ވިދާޅުވެފައި ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރު 2026ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ތިމަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އިންފްރާންސްޓްރަކްޗާ މިނިސްޓްރީ
ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވައިލަނީ ޕްރީ-ކާސްޓް ސެގްމަންޓްތަކަކުން ކަމަށް ވާއިރު، އޭގެ ފުރަތަމަ ސެގްމެންޓް ވިލިމާލެއާ ދިމާލުން ގުޅުވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
މިނިސްޓްރީން މިދިޔަ މަހު ބުނެފައި ވަނީ ތަނބުތަކުގެ ޕައިލިންގެ 66 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕައިލް ކެޕްގެ 46 ޕަސެންޓް މަސައްކަތާއި ޕިއާ ކޮލަމްގެ 48 ޕަސެންޓް ހިމެނޭ ކަމަށް ވެސް އޭރު ބުންޏެވެ.
ތިމަމާލެ ބްރިޖު-- ފޮޓޯ: އިންފްރާންސްޓްރަކްޗާ މިނިސްޓްރީ
މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކުރިން ވެސް ބުނެފައިވެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ތިލަމާލެ ބްރިޖުގެ ސްޕީޑް ބާރު، 35 ޕަސެންޓް ނިމިއްޖެ
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭގައި ދުއްވާ ވެހިކަލްތަކުގެ 92 ޕަސެންޓަކީ ސައިކަލް
ބޭރު މަގު އުތުރު ބައިގައި ތާރު އަޅަން އެމްޓީސީސީއަށް
"ވަކި މަޝްރޫއެއްގެ ގޮތުގައި އައްޑޫ މަގު ހަދާނެ"
ތިލަމާލެ ބްރިޖްގައި އެންމެ އުސް ޕްރީކާސްޓް ބަހައްޓައިފި
ތިލަމާލެ ބްރިޖަށް މިހާތަނަށް 4 ބިލިއަނެއްހާ ރުފިޔާ
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ