01 ޖުލައި 2024
އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިއަދު ހަވީރުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިއަދު ހަވީރުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ފެނަކައިން ބުނީ ހިތަދޫ ސީޕީއެސްއާ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެޗްވީ ކޭބަލްއަކަށް ގެއްލުން ވެގެން މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އަދިވެސް ކަރަންޓު ނުލިބޭ ކަމަށާއި ނަމަވެސް ކަރަންޓު ދިނުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިރޭ 10:00 ހާއިރު ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު ދެވޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ ނިޒާރު ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެއީ 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރެވިގެންދާނެ ޕަވާޕަލާންޓެއް ގާއިމް ކުރުމެވެ.
ޖުމްލަ 12 އަހަރުން ނިންމަން ހަވާލު ކޮށްފައިވާ އެ ޕްރޮޖްކެޓް ނިމޭއިރު 50 މެވަގޮޓްއާ ހަމައަށް އަޕްގްރޭޑް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުރި ޕަވާޕްލާންޓެއް ހުންނާނެ ކަމަށައި އެ މަސައްކަތާ އެކު، އައްޑޫގެ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ބްރިޖްގެ މައްސައްކަތް ނިމުމުން އެ ރަށަށް ވެސް ކަރަންޓު ދޫކުރެވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
ކަރަންޓު ކެނޑެނީ މަގު ހަދާއިރު ކޭބަލަށް ގެއްލުންވާތީ
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިއްޖެ
އައްޑު އަށް އިތުރު ޖަނަރޭޓަރުތަކެއް ގެންދަނީ
އައްޑު އަށް ދެ މެގަވޮޓްގެ އިތުރު ދެ ޖެނެރޭޓަރު