Roadha Mihaaru
އަހަރެން ބައްޕަ ގޮތަށް ޕާފެކްޓެއް ނޫން: ޖުނައިދު

އަހަރެންނަކީ ބައްޕަ ކަހަލަ ޕާފެކްޓް މީހެއް ނޫން: ޖުނައިދު

30 ޖޫން 2024

ބޮލީވުޑްގެ ސުޕަސްޓާރު އާމިރު ހާންގެ ދަރިފުޅު އަދި މިފަހުން އެކްޓިންގެ ދާއިރާ އަށް ނުކުތް ޖުނައިދު ހާން، އޭނާ އަކީ އޭނާގެ ބައްޕަ ކަހަލަ "ޕާފެކްޓް" މީހެއް ނޫން ކަމަށް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑްގެ ސުޕަސްޓާރު އާމިރު ހާންގެ ދަރިފުޅު އަދި މިފަހުން އެކްޓިންގެ ދާއިރާ އަށް ނުކުތް ޖުނައިދު ހާން، އޭނާ އަކީ އޭނާގެ ބައްޕަ ކަހަލަ "ޕާފެކްޓް" މީހެއް ނޫން ކަމަށް ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖުނައިދު ވަނީ އޭނާގެ ބައްޕަ އަކީ އާމިރަށް ވުމުން، އެ ލެގަސީ ހިފަހައްޓަން އޭނާގެ މައްޗަށް އޮތް ޕްރެޝަރާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ.

އޭނާގެ ފުރަތަމަ ފިލްމު "މަހަރާޖު"އާ ބެހޭ ގޮތުން ބައްޕަ ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ޖުނައިދު ބުނީ ބައްޕަ އަށް ފިލްމު ވަރަށް ކަމުދިޔަ ކަމަށެވެ.

ޖުނައިދު އަކީ ބައްޕަ ކަހަލަ ޕާފެކްޝަނިސްޓެއްތޯ އާއި ބައްޕަގެ ލެގަސީ ހިފަހައްޓަން ވިސްނަންތޯ ސުވާލުކުރުމުން އޭނާ ބުނީ ބައްޕަ ކަހަލަ މީހަކަށް ނުވިކަމަށް ވިޔަސް، މި ދާއިރާގައި ކުރިއަށް ދިއުމަށް އޭނާގެ އަމިއްލަ ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާގެ މި އާ ފެށުމާ މެދު އަމިއްލަ އަށް ވެސް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

ނެޓްފްލިކްސްގައި މިދިޔަ ހުކުރު ދުވަހު ސްޓްރީމް ކުރަން ފެށި "މަހަރާޖު"ގައި ދައްކަނީ ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގާ ހިންދޫ ދީނުގެ ބަޔަކަށް ފިލާވަޅެއް ދޭ ތަނެވެ. އެއީ 1880ގެ އަހަރުތަކުގައި އިންޑިއާގެ ބޮންބޭގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ.

ޖުނައިދު ބުނެފައިވާ ގޮތުގައި އޭނާ އަށް އެ ފިލްމު ކުުޅުމަށް އެދުނީ ޑައިރެކްޓަރު މަލްހޯތުރާ ޕީ. ސިދާތު އެވެ.