އޭނާގެ ދަރިފުޅުގެ ފިލްމު ކާމިޔާބުވެއްޖެ ނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ ސިނގިރޭޓް ބުއިން ހުއްޓާލާނެ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު އާމިރް ހާން ބުނެފި އެވެ.
އޭނާގެ ދަރިފުޅުގެ ފިލްމު ކާމިޔާބުވެއްޖެ ނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ ސިނގިރޭޓް ބުއިން ހުއްޓާލާނެ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު އާމިރް ހާން ބުނެފި އެވެ.
އާމިރްގެ ދޮށީ ދަރިފުޅު ޖުނައިދު ހާން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ދެވަނަ ފިލްމު "ލަވްޔަޕާ" އަށެވެ. ޖުނައިދުއާ އެކު، ހުޝީ ކަޕޫރް ލީޑު ރޯލު ކުޅޭ ލޯބީގެ މި ފިލްމަކީ ސިނަމާތަކުގައި އަޅުވާ އެ ދެމީހުންގެ ފުރަތަމަ ފިލްމެވެ.
އަންނަ މަހު ހަތެއްގައި "ލަވްޔަޕާ" ޕްރިމިއާކުރުމުގެ ކުރިން ފިލްމުގެ ޕްރޮމޯޝަން މިހާރު ވަނީ ފަށައިފަ އެވެ. މިއީ، އަނޫރާޖް ކަޝްޔަޕްގެ ފެންޓަމް ސްޓޫޑިއޯސް އާއި އޭޖީއެސް އެންޓަޓެއިންމަންޓުން އުފައްދާ ފިލްމެކެވެ.
އެ ފިލްމުގެ ލަވައެއް ވެސް މިހާރު އާންމުކޮށްފައިވާއިރު، ފުރަތަމަ ޓްރެއިލާ މިއަދު ލޯންޗުކުރާނެ އެވެ،
އެ ފިލްމާ ގުޅޭ ގޮތުން މީޑިއާއަކާ ވާހަކަދައްކަމުން އާމިރް ބުނެފައި ވަނީ އޭނާ މި ފިލްމު މިހާރު ބަލާފައިވާ ކަމަށެވެ. އަދި ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެ ޖުނައިދު އާއި ހުޝީ އަށް ވެސް އޭނާ ވަރަށް ތައުރީފުކުރި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޕިންކް ވިލާއިން އާމިރްގެ ގާތް މީހަކާ ހަވާލާދީ ބުނީ މި ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބުވެއްޖެ ނަމަ، ސިނގިރޭޓް ބުއިން ހުއްޓާލަން އާމިރް ނަދުރެއް ބުނެފައިވާ ކަމަށެވެ.
އާމިރް ސިނގިރޭޓް ބުއިން ހުއްޓާލާނެ ކަމަށް ބުނި އިރު، އޭނާގެ ގާތް ރަށްޓެއްސެއް ކަމަށްވާ ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން ވެސް ވަނީ ސިނގިރޭޓް ބުއިން މިދިޔަ އަހަރު ހުއްޓާލައިފަ އެވެ.
ހުޝީ އާއި ޖުނައިދުގެ ވެސް ފުރަތަމަ ފިލްމަކީ ނެޓްފްލިކްސްގައި ސްޓްރީމް ކުރި ފިލްމުތަކެވެ. ހުޝީ އެންމެ ފުރަތަމަ ކުޅުނީ މިދިޔަ އަހަރު ގެނެސްދިން ޒޯޔާ އަކްތަރުގެ ފިލްމު "އާޗީސް"ގެ ރޯލެކެވެ. އަދި ޖުނައިދު ކުޅުނު ފުރަތަމަ ފިލްމަކީ "މަހަރާޖް" އެވެ.
ސިނގިރެޓެއް ނުބޮން، ބޭނުމީ އެ ނައްތާލަން: ރިތިކް
ސިނގިރެޓް ހުއްޓާލުމުން އަޑު ރީތިވެއްޖެ: ވިޝާލް
ޕްރިޔަންކާ ސިނގިރެޓް ބޯ މަންޒަރާ އެކު ފާޑުކިޔަނީ
ދުންފަތުގެ މައްސަލައެއްގައި "ބަދާއީ ހޯ" އަށް އިންޒާރު
"ދަރިފުޅުގެ ފިލްމު ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި"
"ސިތާރޭ ޒަމީން ޕަރު"ގެ އަންނަ މަހު ސިނަމާއަށް
އަތުލައިގަތީ ގުދަނަކުން ގެއްލުނު ސިނގިރެޓް: ޕޮލިސް
ވޭޕް މައްސަލަތަކުގައި މިދިޔަ މަހު 39 މީހުން ޖޫރިމަނާ
އުމުރު ޔަގީންނޫންނަމަ ދުންފަތް ވިއްކޭނީ ލިޔުން ބަލާފައި
އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން އިވެންޓަކަށް