ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފުލާ ބާއްވަން، ގިނަ ތައްޔާރީތަކެއް ވެފައި ވަނިކޮށް، މުއްދަތެއް ނެތް ގޮތަށް އެ ހަފުލާ ފަސްކޮށްފި އެވެ.
28 ޖޫން 2024
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފުލާ ބާއްވަން، ގިނަ ތައްޔާރީތަކެއް ވެފައި ވަނިކޮށް، މުއްދަތެއް ނެތް ގޮތަށް އެ ހަފުލާ ފަސްކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ހުޅުމާލޭ ސިންތެޓިކް ޓްރެކް ދަނޑުގައި އެ ހަފުލާ ބާއްވަން ކުރަންޖެހޭ ގިނަ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ.
ސަރުކާރުން ބާއްވާ ސްޕޯޓްސް އެވޯޑު ހަފުލާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ބެލެވޭ ގޮތުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުންނެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ރައީސް ރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ މަގާމުތައް މަދުކުރުމާއި މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކާއި ކުޅިވަރާއި ރިސެޕްޝަން ފަދަ ހަރަކާތްތައް ނުބޭއްވުމެވެ. މިނިވަންދުވަހުގެ ޖަލްސާ ބޭއްވުން ފިޔަވައި އިތުރު ހަރަކާތެއް ނުބާއްވަން ވަނީ ނިންމައިފަ އެވެ،
ރައީސް މުއިއްޒު ރޭ ވިދާޅުވެފައި އޭގެ އިތުރުން ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މިހާރު ބާއްވާ އެންމެ ޝަރަފުވެރި އެވޯޑު ހަފުލާ ފަސްކުރި ވަކި ސަބަބެއް ސްޕޯޓްސް މިނިސްޓްރީން ނުބުނެ އެވެ.
އެ ހަފުލާ އަށް ހާއްސަކޮށް ހަދާ ސްޓޭޖްގެ މަސައްކަތް ވެސް ގާތްގަނޑަށް ވަނީ ނިންމައިފަ އެވެ. އެވޯޑް ދޭ ކުޅިވަރުތަކުގެ ތެރެއިން، ފައިނަލް ނޮމިނޭޝަންތައް ވެސް ސްޕޯޓްސް މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ. އަދި ރާއްޖޭ ބޭރުން ކުޅިވަރުގެ ފަރާތްތައް ވެސް ގެނައުމަށް ވަނީ ނިންމައިފަ އެވެ.
ސްޕޯޓްސް އެވޯޑް ހަފުލާ، ބާއްވަން ފެށީ ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހްލޫފުގެ މިނިސްޓަރު ކަމުގައި 2022 ގަ އެވެ. މިދިޔަ ދެ އަހަރު ވެސް އެ ހަފުލާ ބާއްވަން، ގިނަ ހަރަދުތަކެއް ސަރުކާރުން ކުރި އެވެ.
އެވޯޑް، ބޭއްވި ފުރަތަމަ އަހަރު 2022 ގައި އެކަނި ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ހަފުލާ އަށް 6.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ އެވޯޑު ހަފުލާ އަށް ދައުވަތު ދީގެން ގެނައި ބޭރުގެ ކުޅިވަރު ޝަހުސިއްޔަތުން، ރާއްޖެ އައުމަށާއި ރާއްޖޭގައި ތިބުމަށެވެ. އެ ހަރަދުތަކަށް 2.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
އެންމެ ފަހުން އެވޯޑް ހަފުލާ ބޭއްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑު ހޯދީ ޓީޓީގެ ތަރީ ފާތިމަތު ދީމާ އާއި ބޮޑިބިލްޑަރު އަޒްނީން ރަޝާދެވެ.
4.3 ބިލިއަން ރުފިޔާގެ ޓީބިލް އިތުރަށް ވިއްކައިފި
އިންކަމް ޓެކުހަށް 1.5 ބިލިއަން ރުފިޔާ
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
"ޑޮލަރުގެ މައްސަލަ ހައްލުކުރަން ދައުރު ދަންމާލަންޖެހޭ"
30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް ބޭނުންކުރަނީ
ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު
2.1 ބިލިއަން އެމްއެމްއޭ އަށް ވައްދައިފި
"ކުރިމަތިވެގެން މިއުޅޭ ހާލަތުގެ ހިއްސާދާރަކީ އެމްޑީޕީ"
ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް