ހޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމު "ދަ ނޯޓްބުކް"ގެ އެކްޓަރު ޖީނާ ރޯލޭންޑްސް އަށް އަލްޒައިމާ ބަލިޖެހިފައިވާ ކަން ހާމަކޮށްފި އެވެ.
28 ޖޫން 2024
ހޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމު "ދަ ނޯޓްބުކް"ގެ އެކްޓަރު ޖީނާ ރޯލޭންޑްސް އަށް އަލްޒައިމާ ބަލިޖެހިފައިވާ ކަން ހާމަކޮށްފި އެވެ.
ޖީނާ އަށް މި ބަލި ޖެހިފައިވާ ކަން ހާމަކުރީ "ނޯޓްބުކް" އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގައި އޭނާގެ ދަރިފުޅު އަދި "ނޯޓްބުކް"ގެ ޑައިރެކްޓަރު ނިކް ކަސަވެޓެސް އެވެ. އުމުރުން 94 އަހަރުގެ ޖީނާ އަށް މި ބަލި ޖެހުނު ފަހުން މިހާރު ފަސް އަހަރު ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ނޯޓްބުކް"ގައި ޖީނާ ކުޅުނީ ފިލްމުގެ ލީޑު އެކްޓްރެސް ރޭޗަލް މެކްއެޑަމްސް ކުޅުނު ކެރެކްޓާ "އެލީ"ގެ މުސްކުޅި ދުވަސްވަރުގެ ރޯލެވެ. އެ ފިލްމުގައި އެލީ އަކީ ވެސް އަލްޒައިމާ ހުންނަ މީހެކެވެ.
ނިކް ބުނީ ފިލްމުގައި އޭނާގެ މަންމަ ކުޅުނު ކެރެކްޓަރާ އެއްގޮތް ބައިވަރު ކަންތައްތައް މަންމަގެ ފަރާތުން މިހާރު ފެންނަ ކަމަށެވެ.
ޖީނާގެ މަންމަ ލޭޑީ ރޯލޭންޑްސް ވެސް މަރުވީ އަލްޒައިމާ ބަލީގަ އެވެ. އެހެންވެ، އަލްޒައިމާ ހުންނަ މީހެއްގެ ރޯލު ކުޅެން ވަރަށް އުނދަގޫވި ކަމަށް 2004 ވަނަ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ވެސް ޖީނާ ބުނެފައިވެ އެވެ.
"ނޯޓްބުކް" އަކީ 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. އެ ފިލްމުގައި ދައްކަނީ ނިކަމެތި ފިރިހެނަކު މުއްސަނދި އަންހެން ކުއްޖެއް ދެކެ ލޯބިވެވިގެން، ކުރިމަތިލާން ޖެހޭ އުނދަގޫ ކަންތައްތަކެކެވެ.
"ފްރެންޑްސް" ގެ ތަރިޔަކު ކެންސަރާ ހަނގުރާމަކުރަނީ
ޖަސްޓިންއަށް ކުރި ދެ ދައުވާއެއް އަނބުރާ ގެންގޮސްފި
"އުދުހެން" ބިރުގަތަސް ޖެނިފާ ރާއްޖެ އަންނަން ބޭނުންވޭ
ރޯޒްމަންޑް ތިންވަނަ ފަހަރަށް ރާއްޖެއަށް
އަގުބޮޑު އަނގޮޓިއެއްދީ ޓިމޮތީ އާއި ކައިލީ އެންގޭޖުވަނީ
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި