Roadha Mihaaru
ޓްރީޓޮޕް އިން ގޭގެއަށް ގޮސް ފިޒިއޮތެރަޕީގެ ހިދުމަތްދެނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ގޭގެއަށް ގޮސް ފިޒިއޮތެރަޕީގެ ހިދުމަތްދެނީ

26 ޖޫން 2024

ޓްރީޓޮޕް ހޮސްޕިޓަލުން "ހޯމް ކެއާ"ގެ ނަމުގައި ގޭގެއަށް ގޮސް ފިޒިއޮތެރަޕީ ދޭ ހިދުމަތެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީޓޮޕް ހޮސްޕިޓަލުން "ހޯމް ކެއާ"ގެ ނަމުގައި ގޭގެއަށް ގޮސް ފިޒިއޮތެރަޕީ ދޭ ހިދުމަތެއް ތައާރަފްކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ހިދުމަތް ތައާރަފްކުރީ، އުމުރުން ދުވަސްވީ މީހުންނާއި ތަދުތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދާ މީހުންނާއި ޕޯސްޓް ސާޖަރީ ފަރުވާ ބޭނުންވާ މީހުންނާއި އަނިޔާއާ ހުރެ ހިނގާބިނގާވެ އުޅުމަށް ދަތިވެފައި ތިބި މީހުންނަށް ބޭނުންވާ ތެރަޕީ ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމަށެވެ.

ޓްރީޓޮޕްގެ ސޯޝަލް މީޑިއާ ޕޯސްޓެއް.

ޓްރީޓޮޕް އިން އަލަށް ފެށި މި ހިދުމަތް އަދި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާލޭގައި އެކަންޏެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން އެކި ސަރަހައްދުތަކުގައި މި ހިދުމަތް ފުޅާކުރަން ރާވާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

"ހޯމް ކެއާ"ގެ ދަށުން ފިޒިއޮތެރަޕީ ދޭން ހަމަޖެހިފައިވާ ފަރުވާތަކުގެ ތެރޭގައި ޕޯސްޓް ސާޖިކަލް ރިހެބިލިޓޭޝަން، ސްޓްރޯކް ރިހެބިލިޓޭޝަން އަދި ކްރޮނިކް ރިހެބިލިޓޭޝަން ހިމެނެ އެވެ. "ހޯމް ކެއާ" ހިދުމަތްތައް ލިބޭނީ ހެނދުނު 7:00 އިން 9:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.