02 ސެޕްޓެމްބަރ 2024
ޓްރީ ޓޮޕް ހޮސްޕިޓަލުން "ވެލްނަސް ޕްރޮމޯޝަން"ގެ ނަމުގައި އެ ހޮސްޕިޓަލުގެ ހެލްތު ސްކްރީނިން ޕެކޭޖުތަކުން ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން "ވެލްނަސް ޕްރޮމޯޝަން"ގެ ނަމުގައި އެ ހޮސްޕިޓަލުގެ ހެލްތު ސްކްރީނިން ޕެކޭޖުތަކުން ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އެ ހޮސްޕިޓަލުގެ ހެލްތު ސްކްރީނިން ޕެކޭޖުތަކުން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެލްތު ސްކްރީނިން ޕެކޭޖުތަކުގެ ތެރޭގައި އަންހެނުންގެ ސިއްހީ މައްސަލަތައް ދެނެގަތުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވެލް ވުމަން ޕެކޭޖާއި ފިރިހެނުންގެ މެދުގައި އާއްމު ސިއްހީ މައްސަލަތައް ދެނެގަތުމަށް ފަރުމާކޮށްފައިވާ ވެލް މޭލް ޕެކޭޖު ހިމެނެ އެވެ. އަދި ކުޑަކުދިންގެ ސިއްހީ މައްސަލަތައް ދެނެގަތުމަށް ހާއްސަކޮށްފައިވާ ވެލް ޗައިލްޑް ޕެކޭޖާއި ހަށިގަނޑުގެ ދުޅަހެޔޮކަން ދެނެގަތުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ހެލްތު ލިވިން ޕެކޭޖު ވެސް ހިމެނެ އެވެ.
ޓްރީ ޓޮޕްގެ އިތުރު ޕެކޭޖުތަކުގެ ތެރޭގައި ފުއްޕާމޭގެ ދުޅަހެޔޮކަން ދެނެގަތުމަށް ފަރުމާކޮށްފައިވާ ހެލްތީ ލަންގް ޕެކޭޖާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށް ހާއްސަ ސާވިކަލް ކެންސާ ސްކްރީނިން ޕެކޭޖު ވެސް ހިމެނެ އެވެ. އަދި ހަކުރުބަލި ދެނެގަތުމަށް ހާއްސަކޮށްފައިވާ ޑައިބެޓިކް ސްކްރީން ޕެކޭޖަކާއި ތެލެސީމިޔާ ޗެކަޕްސް އެންޑް ސްކްރީނިންގް ޕެކޭޖެއް ވެސް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ އާއްމުންނަށް ސިއްހީ ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު ޗެކަޕްތައް ހެދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން މިހާރު ޑިސްކައުންޓު ރޭޓުގައި އެ ހޮސްޕިޓަލުގެ ޕެކޭޖުތަކުން ހެލްތު ސްކްރީން ކުރެވޭނެ އެވެ.
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ޓްރީ ޓޮޕުން ލ. އަތޮޅުގައި ހެލްތު ކޭމްޕެއް
ޓްރީ ޓޮޕުން ލ. ގަމުގައި ހެލްތު ކޭމްޕެއް ބާއްވަނީ
ގޭގައި ހުރެގެން ހެދޭ ޑަޔަލިސިސްއެއް ތައާރަފް ކުރަނީ
ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ސްޓޯލަށް ބޮޑު ތަރުހީބެއް
ޑިސެމްބަރު ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ރީތިވުމަށް ހަމުގެ ލޭޒާ ޓްރީޓްމަންޓުތައް ޓްރީޓޮޕުގައި
އެމްއާރުއައި ހަދަން ފަސޭހައަކަށް ޓްރީ ޓޮޕްގެ ކެމްޕޭނެއް
ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް
ޓްރީޓޮޕުން ވިލިނގިލީގައި ހެލްތު ކޭމްޕެއް ބާއްވައިފި