Roadha Mihaaru
ޓްރީޓޮޕްއިން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ޓްރީޓޮޕްއިން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

13 މެއި 2024

ޓްރީޓޮޕްއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީޓޮޕްއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

މި ހަރަކާތް ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް ހުޅުމާލެ، ރުއްގަނޑު 2 ސަރަހައްދުގަ އެވެ. މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ ސިއްހީ މައުލޫމާތުތައް ފޯރުކޮށްދީ، ބޮޑީ މާސް އިންޑެކްސް ބެލުމާއި ދަތްތައް ޗެކު ކުރުމާއި ހަށިގަނޑުގެ ވައިޓަލްސް ބެލުން ފަދަ ހިދުމަތްތަކާ އެކު އެ ތަނުގައި މެޑިކަލް ޗެކައަޕްތައް ހެއްދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި މި ހަވީރުގައި ކުޑަކުދިންނަށް މަޖާ ގިނަ ކުޅިވަރުތައް ހިމެނި އެވެ.

ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންތަކެއް ގޭމެއް ކުޅެނީ.

ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންތަކެއް ގޭމެއް ކުޅެނީ.

މި ހަވީރުގައި ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ ނަގައިފަ އެވެ. މި ލަކީޑްރޯއިން އެއް ވަނަ އަށް ހޮވުނު ނަސީބުވެރިޔާއަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" ހިލޭ ވަނީ ހަދިޔާކޮށްފަ އެވެ. ދެ ވަނަ އަށް ހޮވުނު ނަސީބުވެރިޔާއަށް އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް"އިން 25 ޕަސެންޓު ޑިސްކައުންޓު އަދި ތިން ވަނަ އަށް އެ ޕެކޭޖުން 15 ޕަސެންޓުގެ ޑިސްކައުންޓު ވަނީ ދީފަ އެވެ.

ޓްރީޓޮޕްއިން ދަނީ އެކި ދުވަސް ދުވަހާ ގުޅުވައި އާއްމުންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް މި ފަދަ އެކި ހަރަކާތްތައް ހިންގަމުންނެވެ.