Roadha Mihaaru
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި

މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް މުގުރާލައިފި

15 ޖޫން 2024

ސިންގަޕޫރުގައި ކުރިއަށްދާ އެގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މެރާލް އައިން ލަތީފް، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

ސިންގަޕޫރުގައި ކުރިއަށްދާ އެގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މެރާލް އައިން ލަތީފް، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު 15 އަހަރު ފުރުނު މެރާލް ގައުމީ ރެކޯޑް އާކޮށްފައި ވަނީ އިއްޔެ ކުރިއަށްދިޔަ ޕްރިލިމިނަރީ އިވެންޓުގައި އެއް މިނިޓް 13.96 ސިކުންތުން ފަތައިގެންނެވެ.

ކުރިން ވެސް މި ރެކޯޑް އޮންނަނީ، މެރާލް އަތުގަ އެވެ. އެއީ، މިދިޔަ އަހަރު ޗައިނާގައި ކުރިއަށްދިޔަ 19 ވަނަ އޭޝިއަން ގޭމްސްގައި އެއް މިނިޓް 13.99 އިން ރޭސް ފުރިހަމަ ކޮށްގެން މުގުރާލި ރެކޯޑެކެވެ.

މިދިޔަ ފެބްރުއަރީ މަހު މެރާލް ވަނީ އިނގިރޭސިވިލާތުގައި އޮތް ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް، ލޯންގްކޯސްގެ ދެ އިވެންޓަކުން ރެކޯޑް އާކޮށްފަ އެވެ. އެއީ 200 މީޓަރު އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިންނެވެ.

މީގެ އިތުރުން ޖެނުއަރީ މަހު އިނގިރޭސިވިލާތުގައި އޮތް މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި ވާދަކޮށް އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ބަޓަފްލައި އިވެންޓްގެ އިތުރުން 200 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އޭނާ އާކުރި އެވެ. އެގޮތުން 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑަކީ 16 އަހަރުވީ ރެކޯޑެކެވެ.