11 ޖޫން 2024
މިދިޔަ މަހު 31 ގައި އެޅުވި ބޮލީވުޑްގެ ފިލްމު "މިސްޓަ އެން މިސިސް މާހީ" ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.
މިދިޔަ މަހު 31 ގައި އެޅުވި ބޮލީވުޑްގެ ފިލްމު "މިސްޓަ އެން މިސިސް މާހީ" ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.
ޝަރަން ޝަރްމާ ޑައިރެކްޓުކޮށް، ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ގެނެސްދިން މި ފިލްމުގެ ލީޑު ތަރިންނަކީ ޖާންވީ ކަޕޫރާއި ރާޖްކުމާރް ރާއޯ އެވެ.
އެ ފިލްމު އެޅުވިތާ 10 ދުވަސްވީ އިރު، މިހާތަނަށް ލިބިފައި ވަނީ އެންމެ 30 ކްރޯޑް ރުޕީސް އެވެ. އެ ފިލްމަކީ 40 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
މިއީ ޖާންވީގެ ފިލްމީ ކެރިއަރުގައި އޭނާގެ ދެވަނަ ފްލޮޕް ފިލްމެވެ. އަދި މި ފިލްމާ އެކު، ރާޖްކުމާރް ރާއޯ 2018 ވަނަ އަހަރުން ފެށިގެން ކުޅުނު ހުރިހާ ފިލްމެއް ވަނީ ފްލޮޕްވެފަ އެވެ. މި ދެތަރިން އެކުގައި ކުރިން ކުޅުނު ހޮރޯ ކޮމެޑީ "ރޫހީ" އަކީ ވެސް ބޮޑު ފްލޮޕެކެވެ.
ދަރްމާ ޕްރޮޑަކްޝަން އާއި ޒީ ސްޓޫޑިއޯސް ގުޅިގެން އުފެއްދި މި ފިލްމުގައި ދައްކަނީ ކްރިކެޓަށް ލޯބިކުރާ ދެމަފިރިއެއްގެ ވާހަކަ އެވެ.
ހުޝީ އާއި ޖުނައިދުގެ ފިލްމެއް އަންނަ އަހަރު
"ތުމްބާޑް 2" ރަސްމީކޮށް އިއުލާންކޮށްފި
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
ރާޖްކުމާރާއި ތުރިޕްތީގެ ފިލްމުގެ ޓްރެއިލާ
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
"ސަނަމް ތޭރީ ކަސަމް 2" ރަސްމީކޮށް އިއުލާންކޮށްފި
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި
ކަންގަނާގެ ފިލްމުން މަންޒަރުތަކެއް ކަނޑަން އަންގައިފި
އަރްޔަން ބޮލީވުޑަށް ތައާރަފުކުރަން ހުށަހެޅުންތައް
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ