ބޮލީވުޑްގެ ފިލްމަކުން އަންނަ އަހަރު ފެންނާނެ ކަމުގެ އިޝާރާތެއް ހޮލީވުޑާއި ބޮލީވުޑްގައި ވެސް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އިއްޔެ ދީފި އެވެ.
ބޮލީވުޑްގެ ފިލްމަކުން އަންނަ އަހަރު ފެންނާނެ ކަމުގެ އިޝާރާތެއް ހޮލީވުޑާއި ބޮލީވުޑްގައި ވެސް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އިއްޔެ ދީފި އެވެ.
ޕްރިޔަންކާ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވަރަށް ނުސީދާކޮށް ބުނީ ހިންދީ ފިލްމެއްގެ މަސައްކަތް "މިހާރު ލިބިފައިވާ" ކަމަށެވެ. އެކަމަކު އިތުރު އެއްވެސް ވާހަކައެއް އޭނާ ނުދައްކަ އެވެ.
"މަޖަލަކަށް ނޫން މި ބުނަނީ، އަހަރެން ވަރަށް ގިނަ ފިލްމު އުފެއްދުންތެރިންނާ ބައްދަލުކޮށް، ސްކްރިޕްޓުތައް ވެސް ކިޔައިފިން. އަހަރެން ކުޅޭނެ ހިންދީ ފިލްމެއް ހޯދަން ވަރަށް މަސައްކަތް ކޮށްފިން. މިއީ އަހަންނަށް ވަރަށް ބިޒީ އަހަރެއް. އެކަމަކު، މިހާރު އެބައޮތް ކުރާނެ މަސައްކަތެއް، އެކަމަކު އެހަށް އެ ވާހަކަ ނުދައްކާނަން،" ޕްރިޔަންކާ ބުންޏެވެ.
އެއީ ހުއްޓިފައި އޮތް "ޖީ ލޭ ޒަރާ"ގެ މަސައްކަތްތޯ އެ އިންޓަވިއުގައި އެހުމުން ޕްރިޔަންކާ ބުނީ އެ ސުވާލުގެ ޖަވާބު ދެވޭނީ ފަރްހާން އަކްތަރުގެ ޕްރޮޑަކްޝަން ހައުސް އެކްސެލް އެންޓަޓެއިންމަންޓަށް ކަމަށެވެ.
ޕްރިޔަންކާ ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ނުކުރާތާ މިހާރު ފަސް އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އޭނާ އެންމެފަހުން ކުޅުނު ބޮލީވުޑް ފިލްމަކީ 2019 ވަނަ އަހަރު ގެނެސްދިން "ދަ ސްކައި އިޒް ޕިންކް" އެވެ.
"އެއިތުރާޒް 2"ގައި ޕްރިޔަންކާ ނޫޅޭނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ
އަކްޝޭ އާއި ސައިފް އެކުގައި ފިލްމެއް ކުޅެނީ
ނަވާޒުއްދީން ކިނބޫ އުޅޭ ކޯރެއްގައި ފަތައިފި
ފަވާދު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު މަނާކޮށްފި
ވިކީގެ އާ ފިލްމަށް ބޮޑު އާމްދަނީއެއް
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި