Roadha Mihaaru

"އެއިތުރާޒް 2"ގައި ޕްރިޔަންކާ ނޫޅޭނެ

ޕްރިޔަންކާ ޗޯޕްރާ ވިލަންއެއްގެ ރޯލު ކުޅުނު ބޮލީވުޑްގެ މަޝްހޫރު ފިލްމު "އެއިތުރާޒް"ގެ ދެވަނަ ފިލްމުގައި އޭނާ ނޫޅޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެފި އެވެ.

"އެއިތުރާޒް 2"ގައި ޕްރިޔަންކާ ނޫޅޭނެ

ޕްރިޔަންކާ ޗޯޕްރާ ވިލަންއެއްގެ ރޯލު ކުޅުނު ބޮލީވުޑްގެ މަޝްހޫރު ފިލްމު "އެއިތުރާޒް"ގެ ދެވަނަ ފިލްމުގައި އޭނާ ނޫޅޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެފި އެވެ.

"އެއިތުރާޒް"ގެ ޕްރޮޑިއުސަރު ސުބާޝް ގާއީ އިންޑިއާގެ ބައެއް މީޑިއާތަކަށް ބުނީ ދެވަނަ ފިލްމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. ދެވަނަ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތްކުރަނީ ޑައިރެކްޓަރު އަމިތު ރާއީ ކަމަށް އޭނާ ބުންޏެވެ.

އެ ފިލްމުގެ ޕްރިޔަންކާ ނުޅޭނެކަން ވެސް އޭނާ ކަށަވަރުކޮށްދިނެވެ.

"އެއިތުރާޒް އުފެއްދި ފަހުން މިހާރު ވިއްސަކަށް އަހަރުވީ. އެހެންވީމަ، ޖެހޭނީ މިހާރުގެ އާޓިސްޓުންނާ އެކު، އާ ތަރިންނާ އެކު މި ފިލްމު އުފައްދަން،" އޭނާ ބުންޏެވެ.

ގިނަ ބައެއްގެ ލޯބި ލިބުނު ފިލްމެއް ކަމަށްވާ "އެއިތުރާޒް"ގައި ޕްރިޔަންކާ ކުޅުނު ވިލަންގެ ރޯލުން އޭނާއަށް ވަނީ ފިލްމްފެއާ އެވޯޑު ވެސް ލިބިފަ އެވެ.

"އެއިތުރާޒް" އަކީ އަންހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާ ކައިރިން ބަދަލުހިފުމަށް އޭނާއަށް ޖިންސީ އަނިޔާގެ ދޮގު ތުހުމަތެއް ކުރުމުގެ ސަބަބުން ދެން ހިނގާ ކަންތައްތަކެއް ދައްކާ ފިލްމެކެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމު ގެނެސްދިނީ ނޮވެމްބަރު 12، 2004 ގަ އެވެ.

ޕްރިޔަންކާއާ އެކު ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ އަކްޝޭ ކުމާރް އަދި ކަރީނާ ކަޕޫރް ހާން އެވެ.