Roadha Mihaaru
"މިހާރު" ރޯދަ ކުއިޒްގެ އިނާމުތައް ދީފި

"މިހާރު" ރޯދަ ކުއިޒްގެ އިނާމުތައް ދީފި

02 ޖޫން 2024

މިއަހަރު ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ރޯދަ ކުއިޒްގެ ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިއަހަރު ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ރޯދަ ކުއިޒްގެ ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ދީފި އެވެ.

ހައި އެންޑް އާއި ގުޅިގެން "މިހާރު"އިން ކުރިއަށް ގެންދިޔަ މި ކުއިޒަކީ ދީނީ ސުވާލުތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔަ ކުއިޒެކެވެ. މި ކުއިޒަކީ އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދޭން ޖެހޭ ކުއިޒެކެވެ. ކުއިޒުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ބައިވެރިވެގެން ސުވާލުތަކަށް ވީ އެންމެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖަވާބުދިނުމުގެ ފުރުސަތު ދިނެވެ.

ކުއިޒްގެ އެއް ވަނަ އަށް ދިޔަ ބައިވެރިޔާ (ވ) -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުއިޒްގެ އެއް ވަނަ އަށް ދިޔަ ބައިވެރިޔާ (ވ) -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ކުއިޒްއިން އަބްދުﷲ ޝައްމޫން އެއް ވަނަ ކާމިޔާބު ކުރީ އެއް ބުރުން ބައިވެރިވެ، ހުރިހާ ސުވާލުތަކެއްގެ ރަނގަޅު ޖަވާބުދީގެންނެވެ. ދެ ވަނައަށް ދިޔަ ފާތިމަތު ޒާހިދާ ވަނީ އެއް ބުރުން 29 ސުވާލުގެ ޖަވާބު ރަނގަޅުކޮށްފަ އެވެ. މި ކުއިޒް މުބާރާތުގެ ތިން ވަނަ ހޯދި އަބްދުލް އަޒީޒު އަހުމަދު ވަނީ 29 ސުވާލަށް ޖަވާބު ދީފަ އެވެ.

މި ކުއިޒަށް ހައި އެންޑުން ވަނީ އެއް ވަނަ އަށް މޫންލައިޓް ސްޓޯރޭޖް ކުއީން ބެޑަކާއި ޕްރިމިއަމް އެކްސްޓްރާ ފާމް ކުއީން މެޓްރެސްއަކާއި ޕްލަޝް ފާ ރަގެއް ހުށަހަޅައިފަ އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ ޕްރިމިއަމް ބެޑް ކިންގް ސައިޒްގެ އެނދަކާއި ގެލެކްސީ ކިންގް މެޓްރެސްއެކެވެ. އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ވިންޓޭޖް ކޮންސޯލް ޓޭބަލްއެކެވެ.

ދެ ވަނައަށް ދިޔަ ބައިވެރިޔާގެ ފަރާތުން އިނާމާއި ހަވާލު ވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެ ވަނައަށް ދިޔަ ބައިވެރިޔާގެ ފަރާތުން އިނާމާއި ހަވާލު ވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިހާރު"ގެ މެނޭޖަރު، ބިޒްނަސް ޑިވެލޮޕްމަންޓް ފާތިމަތު ސުސްމާ ވިދާޅުވީ މި އަހަރުގެ ކުއިޒަށް ކިޔުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.

"ވަރަށް ގިނަ ބައިވެރިން އަޅުގަނޑުމެންނަށް ގުޅާ، ކުއިޒުގައި އާއިލާ އެންމެން އެއްކޮށް ބައިވެރިވި ކަމަށް ވެސް ބުނި. އަދި ކުއިޒާ ގުޅޭ ގޮތުން އެކި ކަންތައްތައް އޮޅުންފިލުވަން ވެސް ގުޅި. ކިޔުންތެރިންގެ ހޫނު ތަރުހީބެއް މި އަހަރު ވެސް ލިބުނުކަން ފާހަގަކުރެވޭ. އާއްމުކޮށް އާއިލާތަކާއި ރައްޓެހިން ގްރޫޕު ހަދައިގެން ކުއިޒުގައި ބައިވެރިވެފައިވާކަން ބައެއް ބައިވެރިންގެ ފަރާތުން ވެސް އިނގުނު." ސުސްމާ ވިދާޅުވި އެވެ.

"މިހާރު" ރޯދަ ކުއިޒް އަކީ ސަތޭކަ އެތައް ސުވާލެއް ހިމަނައިގެން ކުރިއަށް ގެންދިޔަ ކުއިޒެކެވެ. ކުއިޒްއިން ކޮންމެ ބައިވެރިއަކަށް ވެސް ފުރިހަމަ ކުރުމަށް ދީފައި ވާނީ 30 ސުވާލެެވެ.