Roadha Mihaaru
"މިހާރު"އަށް ލިޔަން އައިރިޕޯޓާއަކަށް ވުމުގެ ފުރުސަތު

"މިހާރު" އަށް ލިޔަން އައިރިޕޯޓާއަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

11 ޖޫން 2023

"މިހާރު"ގެ ކަވަރޭޖްތަކުގައި މާލެ އާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ހުރެގެން ބައިވެރިވުމުގެ ފުރުސަތު ލިބޭ "އައިރިޕޯޓާސް" އަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މިހާރު"ގެ ކަވަރޭޖްތަކުގައި މާލެ އާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ހުރެގެން ބައިވެރިވުމުގެ ފުރުސަތު ލިބޭ "އައިރިޕޯޓާސް" އަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް މި ފުރުސަތު ހުޅުވާލީ ރިޔާސީ އިންތިހާބުގެ ކަވަރޭޖްގައި "މިހާރު" ގެ ކަވަރޭޖްގައި ކިޔުންތެރިން ބައިވެރިކޮށް އަވަހަށް މައުލޫމާތު ގެނެސްދިނުން ކަމަށް "މިހާރު" ގެ އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވި އެވެ.

"އައިރިޕޯޓާ" އަކަށް ވުމުން ސީދާ "މިހާރު" ގެ ވެބްސައިޓްގައި ހަބަރު ލިޔެ ފޮޓޯ އާއި ވީޑިއޯ ވެސް ވަގުތުން ފޮނުވޭނެ އެވެ. އައިރިޕޯޓާސްގެ ތެރެއިން ހޮވައިލެވޭ މީހުންނަށް ހަބަރުތައް ވަގުތުން "މިހާރު" ވެބްސައިޓުގައި ޕަބްލިޝްކުރެވޭނެ އެވެ.

"އައިރިޕޯޓާސް އަށް ދޭނެ ހަބަރު ލިޔުމާއި ފޮޓޯ އަދި ވީޑިއޯ ފޮނުވުމަށް ހާއްސަ ޕޯޓަލްއެއް. ބޭނުންކުރަން ވަރަށް ފަސޭހަ މި ޕޯޓަލް އިން މިހާރުގެ ކިޔުންތެރިންނަށް މުހިންމު ހަބަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް ހަމަ ވަގުތުން ފޮނުވައިލެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އައިރިޕޯޓާސްގެ މައިގަނޑު މަސައްކަތަކަށް ވާނީ އިންތިހާބުގެ ނަތީޖާ ވީހާ ވެސް އަވަހަކަށް ކިޔުންތެރިންނަށް ގެނެސްދިނުމެވެ. އަދި އިންތިހާބު ތެރޭގައި އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ވެސް އައިރިޕޯޓާސް އަށް ހިއްސާކުރެވޭނެ އެވެ.

"ރިޔާސީ އިންތިހާބަށް ފަހު ވެސް އައިރިޕޯޓާސް އަށް އެ މީހުންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ. މިއީ ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް މި މަސައްކަތް ގިނަ ބަޔަކަށް ފެންނާނެހެން ކޮށްލަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އައިރިޕޯޓާ އަކަށްވާން ބޭނުން ނަމަ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްއަށް ވަދެ، އެކަމަށް ބޭނުންވާ މައުލޫމާތު ހުށަހެޅުމުން ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދާނެ އެވެ. އަދި ކުރިއަށްދާންވީ ގޮތުގެ އިރުޝާދު "މިހާރު" އިން ދޭނެ އެވެ.

Mihaaru iReporter

Mihaaru iReporter

Mihaaru iReporter Platform

"މިހާރު" އައިރިޕޯޓާ އަކަށް ވުމަށް

މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް އައިރިޕޯޓާސް އިން ވަނީ "މިހާރު" ގެ ކަވަރޭޖްތަކުގައި ބައިވެރިވެ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދީފަ އެވެ.