24 ޖޫން 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާ ކުރިން ރާވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާ ކުރިން ރާވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އާ ޖަގަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އެ މަނިކުފާނު، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މާ ކުރިން ބައިއަތު ހިފައިގެން ޓިކެޓު ދިން ކަމަށް ޔާމީނާއި ސަޕޯޓަރުން ދައްކަވާ ވާހަކަތަކަކީ ތެދެއް ކަމަށެވެ.
އެއީ ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއް ކަމަށާއި އެ ރޭވުން ރާވަން ޖެހުނީ ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މާ ކުރިން ރޭވީމޭ، ކީއްވެ ރޭވީ؟ އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ، އަޅުގަނޑަށް އެނގޭ އެ މަނިކުފާނަށް ވާދަނުކުވެންޏާ އަޅުގަނޑުމެންގެ ޕާޓީ ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން،" ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ޕްލޭން އޭ ހަދާފައި ބީ ހަދާފައި ސީ ހަދާފައި ފޮނުވިއިރު ވެސް އެ މަނިކުފާނުގެ [ޔާމީން] އެއްބަސްވުމެއްގައި އެ މަނިކުފާނުގެ ރުހުމުގައި އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަން."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އެ ނިންމުން ނިންމަވަން ޖެހިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ތަޖުރިބާއާ އެކު، ޕާޓީ މަގުމަތިވިޔަ ނުދީ ރައްޔިތުން ބިކަ ވިޔަ ނުދިނުމަށެވެ.
ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް، ރައީސް ޑރ. މުއިއްޒާ އެކު --
ރޭގެ ޖަލްސާގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވަނީ ޔާމީނަކީ އިހުލާސްތެރިން އަގު ވަޒަން ކުރައްވަން އަދި ކޮށްދޭ ހިދުމަތްތައް ބަލައިގަންނަން ވެސް އެނގިވަޑައިނުގަންނަވާ ވެރިއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
އަބްދުއްރަހީމް އިޝާރާތް ކުރެއްވީ ޔާމީންގެ ދިފާއުގައި އޭރުގެ ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން މަސައްކަތް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް 2018 ގައި ވެރިކަން ގެއްލުނީ ވެސް އެ ޕާޓީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކަށް [ޔާމީން] ބީރު ކަންފަތެއް ދެއްވައި، ދެ ފުރާޅެއްގެ ދަށުން ކެމްޕެއިން ކޮށްގެން ހިންގި ކަންކަމުގެ ސަބަބުން ކަމަށެވެ.
"ޕާޓީ އޮފީހުން ކެމްޕެއިން ކޮށްގެން ކާމިޔާބުވާނެއޭ އަޅުގަނޑުމެން ދެންނެވިން. [ޔާމީން] ވިދާޅުވީ މިއީ ތިމަންނަގެ ކަމެކޭ، ތިމަންނަގެ ކަމެކޭ މިއީ ކަލޭމެންނާ ބެހޭ ކަމެއް ނޫނޭ މިއީ. ތިމަންނަ ބުނާ ކަމެއް ކުރަން ކަލޭމެން ތިބޭށޭ. އަޅުގަނޑުމެން ތިބީ ބުނާ ކަމެއް ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަޑައިގަންނަވަނީ -- ފޮޓޯ: ޕީޕީއެމް
އެ ރިޔާސީ އިންތިހާބަށް ތިން މަހަށް ވުމުން ހިސާބުތަކާ އެކު، ވޯޓު ނުލިބޭނެ ކަން ވެސް ޔާމީނަށް ދެންނެވި ކަމަށާއި މަދުވާ 18،000 ވޯޓު ހޯދާނެ ގޮތް ކިޔައިދިނުމުން ވެސް ވޯޓު ހޯދަން މެންބަރުން ދާއިރާ އަށް ދިއުން އޮތީ މަނާކޮށްފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މިއަދުގެ ރައީސް މުއިއްޒަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ކުރިއަށް ވަޑައިގަންނަވަނީ ޕާޓީ އާއި ލީޑަރުންނާއި ކެބިނެޓުގެ މަޝްވަރާއާ އެކުގައި ކަމަށާއި ކާމިޔާބު ވަނީ އެކަމާ ގުޅިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
ޕީޕީއެމް މަގުމަތިކޮށްލަން އުޅުނީ ޔާމީން: އަބްދުއްރަހީމް
މުއިއްޒު ވެރިކަން ކުރާތަން ބަލަން ޔާމީނަށް ކެތް ނުވީ!
"ނަތީޖާ އިން ފެނުނީ ރައީސްގެ ތާއީދު އިތުރުވާތަން"
ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑި ނުލައި ބޮޑު ކާމިޔާބީއެއް
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން