11 އޯގަސްޓް 2023
ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސައިފި އެވެ.
ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސައިފި އެވެ.
ފުޓްބޯޅައިގެ ވެޓަރަންސް އަދި ޖޫނިއާ ކުޅުންތެރިންގެ ހަރަކާތްތަކަށް ހާއްސަ ކްލަބާ އެކު "މިހާރު" އިން އެއްބަސްވުން ހެދީ ދެ އަހަރުގެ މުއްދަތަކަށެވެ.
އެ އެއްބަސްވުމުގައި މިހާރު" ގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ސީއޯއޯ ހަސަން މާހިރެވެ. ސޮކަ ވެޓަރަންސް އިން ސޮއިކުރެއްވީ ޗެއާމަން އަލީ ޝަމީމެވެ.
ސޮކަ ވެޓަރަންސްގެ ރައީސް އަދި ކުރީގެ ކުޅުންތެރިޔާ ޝަމީމް ވިދާޅުވީ "މިހާރު" އާ އެކު އެއްބަސްވުން ހެދީ ރާއްޖޭގެ ފުޓްބޯޅަ އަށް އަދި ވަކިން ހާއްސަކޮށް ޖޫނިއާ ކުޅުންތެރިންނަށް "މިހާރު" އިން ބަހައްޓާ ޝައުގުވެރިކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.
ސޮކަ ވެޓަރަންސްގެ އެންމެ ބޮޑު ހަރަކާތްތައް ގުޅިފައި ވަނީ ވެސް ޖޫނިއާ އުމުރުފުރާތަކަށެވެ. ޖޫނިއާ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް ކޮންމެ އަހަރަކު ވެސް އެކި ފިއެސްޓާތައް ސޮކަ ވެޓަރަންސްއިން ބާއްވަ އެވެ.
މި މަހުގެ 17-19 އަށް ބާއްވާ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ސޮކަ ވެޓަރަންސް އިން މިހާރު އަންނަނީ ކުރަމުންނެވެ. އެ މުބާރާތް ހާއްސަކުރަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށެވެ. މުބާރާތުގައި 22 އެކަޑަމީ އަކުން ވާދަކުރެ އެވެ.
މުބާރާތުގެ ގުރުއަތުލުން މާދަމާ ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ސްކޫލްތަކަށް ހާއްސަކޮށްގެން މި އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޖޫނިއާ މުބާރާތެއް ވެސް ތާވަލް ކޮށްފަ އެވެ. އެ މުބާރާތް ބާއްވާނީ ސްކޫލްތަކުގެ ގްރޭޑް 3 އަދި ގްރޭޑް 4 ގެ ކުދިންނަށެވެ.
އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އެކަޑެމީ މުބާރާތެއް މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ވެސް ސޮކަ ވެޓަރަންސްއިން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި ޖޫނިއާ ފުޓްބޯޅަ އަށް ހާއްސަކޮށް އެންމެ ގިނަ ހަރަކާތްތައް ބާއްވާ އަމިއްލަ ފަރާތަކީ ސޮކަ ވެޓަރަންސް އެވެ.
ގޯލްޑް ކަޕްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު"
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
"މިހާރު"ގެ ސްކޯ ޕްރިޑިކްޝަން މިލިއަނުން މައްޗަށް
"މިހާރު" ބޮއިކޮޓްކުރުން ނާތަހުޒީބު: އެޑިޓާސް ގިލްޑް
"މިހާރު" ޔޫރޯ ފެންޓަސީ ލީގުގެ އިނާމު ހަވާލުކޮށްފި
މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ސެންޓޭ އަށް
ގުރައިދޫ އެއްވަނަ، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
އޭދަފުށީގެ ދުވަހެއް، ދިއްދޫ ކަޓުވާލުމަށްފަހު ކުއާޓާއަށް
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް
ނައިފަރު ދެއްކީ ހިތްވަރު، ކުއާޓާއިން ޖާގަ ހޯދައިފި