06 ޑިސެމްބަރ 2022
ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން ހިންގާ ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމްގައި ސްކޯ ޕްރިޑިކްޓް ކުރި އަދަދު މިލިއަނަކަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން ހިންގާ ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމްގައި ސްކޯ ޕްރިޑިކްޓް ކުރި އަދަދު މިލިއަނަކަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.
"މިހާރު" ގެ ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމް ހަދާފައިވަނީ އަމިއްލައަށް ގްރޫޕްތައް ހަދައިގެން އެކި މީހުންނަށް އެ ގްރޫޕްގައި ބައިވެރިވެގެން ކުރިއަށް ގެންދެވޭ ގޮތަށެވެ. އެންމެ ފަހުގެ ހިސާބުތަކުން ފެންނަގޮތުގައި މި ޕްލެޓްފޯމްގައި މިހާތަނަށް 180 ކޮމްޕެޓީޝަން އަންނަނީ އެކި ގްރޫޕްތަކުން ހިންގަމުންނެވެ. މި ގްރޫޕްތަކުގައި 7،411 މީހަކު މިހާރު ވެސް އެކްޓިވްކޮށް ބައިވެރިވެ އެވެ. މި މީހުން ސްކޯ ޕްރިޑިކްޓް ކުރި އަދަދު ވަނީ 1,036,140 އިން މައްޗަށް ގޮސްފަ އެވެ.
ޕްރިޑިކްޝަން ކޮމްޕެޓީޝަންތަކުގެ ތެރެއިން 15 ގުރޫޕަކީ "މިހާރު" އާ ޕާޓްނާޝިޕް ހަދާފައިވާ ކުންފުނިތަކުން ބޮޑެތި އިނާމުތައް ހުށަހަޅައިގެން އާންމުކޮށް ހުޅުވާލާފައިގެން ކުރިއަށްގެންދާ ގްރޫޕްތަކެވެ.
● އެއްވަނަ އަށް ދާ ފަރާތަކަށް ޖީޕީއެކްސް ޑީމަން 150 ސައިކަލެއް
● 1 ވަނަ އަށް ދާ ފަރާތަކަށް – އައިފޯން 14 ޕްރޯ މެކްސް
● އެންމެ މަތިން ލިބޭ ފަސް ބައިވެރިނަށް 5000ރ. ގެ ގިފްޓު ވައުޗަރު
● އެކި ފިކްސްޗާތަކަށް އެންމެ މަތިން ލިބޭ ފަރާތްތަކަށް އަގުހުރި ގިފްޓް ވައުޗަރު
● 1 ވަނަ އިނާމު – ދެ މީހަކަށް ދެ ރޭގެ ރިސޯޓު ދަތުރެއް
● 2 ވަނަ އިނާމު – ދެ މީހަކަށް ކެއުމެއް
● 3 ވަނަ އިނާމު – ހެޕީ މާކެޓުގެ ޕްރިމިއަމް ޕްރޮޑަކްޓުތަކުގެ ގިފްޓް ހެމްޕާއެއް
● 1 ވަނަ އިނާމު - ރޮނިކްސް މިޓާ ސޯ
● 2 ވަނަ އިނާމު - ރޮނިކްސް ހީޓް ގަން
● 3 ވަަނަ އިނާމު - ރޮނިކްސް އިލެކްޓްރިކް ޑްރިލް
● 1 ވަނަ އިނާމު – 1000ރ ގެ ގިފްޓް ވައުޗަރެއް ● 2 ވަނަ އިނާމު – 750ރ. ގެ ގިފްޓް ވައުޗަރެއް ● 3 ވަނަ އިނާމު – 500ރ. ގެ ގިފްޓް ވައުޗަރެއް
● 1 ވަނަ އިނާމު – 1000ރ. ގެ ގިފްޓް ވައުޗަރެއް
● 2 ވަނަ އިނާމު – 750ރ. ގެ ގިފްޓް ވައުޗަރެއް
● 3 ވަނަ އިނާމު – 500ރ. ގެ ގިފްޓް ވައުޗަރެއް
● 1 ވަނަ އިނާމު – ޕީއެސް 5
● 2 ވަނަ އިނާމު – 3000ރ. ގެ ފައިސާގެ އިނާމު
● 3 ވަނަ އިނާމު – 1000ރ. ފައިސާގެ އިނާމު
● 4 ވަނަ އިނާމު – 200ރ. ގެ ގިފްޓް ވައުޗަރެއް
● 5 ވަނަ އިނާމު – 200ރ. ގެ ގިފްޓް ވައުޗަރެއް
● 1 ވަނަ އިނާމު – ކުއީން ސައިޒުގެ ބިއުޓީ ސްޓޯރެޖް އެނދަކާއި ފުލް މެމޮރީ ފޯމް ގޮދަޑި އެއް
● 2 ވަނަ އިނާމު – ހޮލީވުޑް މިރާ
● 3 ވަނަ އިނާމު – ބިއުޓީ ސްޓޯރެޖް ބެންޗް
● 1 ވަނަ އިނާމު – އައިޕެޑް ޕްރޯ
● 2 ވަނަ އިނާމު – ފެމެލީ ޑިނާއަކަށް ޕިއްޒާ މިއާގެ ދެ ޕިއްޒާ
● 3 ވަނަ އިނާމު - 2 މީހެއްގެ ޑިނާއަކަށް ޕިއްޒާއެއް
● 1 ވަނަ އިނާމު – ކޫލްބޮކްސް، ޖޭބީއެލް ގޯ އެސެންޝަލް ޕޯޓަބަލް ވޯޓާޕްރޫފް ސްޕީކާ، ހެމޮކް، ބީޗް ޓަވަލް، ހުޑޯރާ ފުޓްބޯލް ރީބައުންޑް ޓްރެއިނާ އަދި ފުޓުބުޅައެއް ހިމެނޭ ގިފްޓް ޕެކެއް
● 2 ވަނަ އިނާމު - ހުޑޯރާ ފުޓްބޯލް ރީބައުންޑް ޓްރެއިނާ، ބީޗް ޓަވަލް، ހެމޮކް އަދި ފުޓުބޯޅަ އެއް ހިމެނޭ ގިފްޓް ޕެކެއް
● 3 ވަނަ އިނާމު – ބީން ބޭގް، ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
● 4 ވަނަ އިނާމު – ލޮރެންޒް ބްރޭންޑުގެ ސްނެކް ޕެކަކާއި ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
● 5 ވަނަ އިނާމު - ލޮރެންޒް ބްރޭންޑުގެ ސްނެކް ޕެކަކާއި ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
● 1 ވަނަ އިނާމު – ކެރޮލީނާ ހެރޭރާ ބްރޭންޑްގެ ގުޑް ގާލް ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 2 ވަނަ އިނާމު – ކެރޮލީނާ ހެރޭރާ ބްރޭންޑުގެ ބޭޑް ބޯއި ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 3 ވަނަ އިނާމު – ކެންޒޯ ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 4 ވަނަ އިނާމު – ޑޭވިޑް ބެކަމް ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 5 ވަނަ އިނާމު – ޕޮލިސް ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެ
● 1 ވަނަ އިނާމު – ހާޑްރޮކް ހޮޓެލުގައި ދެ މީހަކަށް އެއް ރޭގެ ހުރުމާއި ރިޓާން ޓިކެޓު
● 2 ވަނަ އިނާމު – ކްރޮސްރޯޑްސްގެ އެސްއެޗްއާރު ރެސްޓޯރަންޓަކުން ކެއުން
● 3 ވަނަ އިނާމު – 4 މީހަކަށް ކްރޮސްރޯޑްސްއަށް ދިއުމާއި އައުމުގެ ހަރަދު
● 1 ވަނަ އިނާމު – ހަވިޓް ބްރޭންޑުގެ ޕޯޓަބަލް ބްލޫޓޫތު އެލްއީޑީ ސްޕީކާ އާއި މައިކްރޮފޯން
● 2 ވަނަ އިނާމު – ހަވިޓް ބަރޭންޑުގެ ސުވިފްޓް ބީޓީ އިއާ ބަޑްސް
● 3 ވަނަ އިނާމު – ހަވިޓް ބްރޭންޑުގެ އެޗް666ޓޫޑީ ހެޑްފޯންސް
ޕަބްލިކް ގުރޫޕްތަކުގެ ތެރެއިން އެންމެބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ޕިއްޒާ މިއާގެ ވޯލްޑް ކަޕް ފޯރި ގުރޫޕްގަ އެބވެ. އެ ކޮމްޕްޓީޝަންގައި ބައިވެރިވި މީހުންގެ އަދަދު 5000 ވުރެ ގިނަ އެވެ.
ކޮމްޕެޓީޝަން ގުރޫޕްތަކުގެ ތެރެއިން 165 ގުރޫޕަކީ ޕްރައިވެޓް ގުރޫޕްތަކެވެ. އެ ގުރޫޕްތަކުގައި ސަރުކާރުގެ ބައެއް އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތަކާއި އާއިލާތަކާއި އެކުވެރިންގެ މެދުގައި ވެސް "މިހާރު" ގެ ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމްގައި ކޮމްޕެޓީޝަންތައް އަންނަނީ ހިންގަމުންނެވެ.
"މިހާރު"ގެ ވެބްސައިޓުން ވޯލްޑްކަޕް ކަވަރޭޖަށް ހާއްސަ ބަޔަށް ވަނުމުން ސްކޯ ޕްރިޑިކްޓާގެ ބެނާ ފެންނާނެ އެވެ. އެ ބެނާއަށް ފިއްތާލުމުން، ސްކޯ ޕްރިޑިކްޓާގައި ރަޖިސްޓްރީ ވިންޑޯ ހުޅުވޭނެ އެވެ. އީމެއިލް ނުވަތަ ފޭސްބުކް އަދި ޓްވިޓާ އެކައުންޓް ބޭނުންކޮށްގެން ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ. ރަޖިސްޓާ ވުމުން އެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ ކޮންމެ ގުރޫޕަކަށް ވަދެ ވެސް ސްކޯ ދިމާކުރުމަށް ބޭނުން ސްކޯއެއް ޖެހޭނެ އެވެ. ޕްރައިވެޓް ގުރޫޕްތަކަށް ވަދެވޭނީ އެ ގުރޫޕްތައް އުފައްދާފައިވާ ފަރާތްތަކުން ދޭ ކޯޑް ޖެހުމުންނެވެ.
ލަފާކުރާ ސްކޯ، މެޗު ފެށެންދެން ފޮނުވޭނެ އެވެ.
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ގޯލްޑް ކަޕްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު"
ސޮކަ ވެޓަރަންސްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު"
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
ބޭރު ކޯޗަކަށް އިނގިރޭސި ޓީމު ދީގެންނުވާނެ: އެލަޑައިސް
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
އެފްރިކާގެ ފުޓްބޯޅަ ބަދަލުކޮށްލި މޮރޮކޯގެ "ގާޑިއޯލާ"
ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި