Roadha Mihaaru
"މިހާރު" ޔޫރޯ ފެންޓަސީ ލީގުގެ އިނާމު ހަވާލުކޮށްފި

"މިހާރު" ޔޫރޯ ފެންޓަސީ ލީގުގެ އިނާމު ހަވާލުކޮށްފި

15 ސެޕްޓެމްބަރ 2021

މިދިޔަ ޖޫން/ޖުލައިގައި ކުރިއަށް ގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް "މިހާރު"ން ކުރިއަށް ގެންދިޔަ ޔޫރޯ ފެންޓަސީ ލީގުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ރަމްޒީ އިނާމު ދީފި އެވެ.

މިދިޔަ ޖޫން/ޖުލައިގައި ކުރިއަށް ގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް "މިހާރު"ން ކުރިއަށް ގެންދިޔަ ޔޫރޯ ފެންޓަސީ ލީގުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ރަމްޒީ އިނާމު ދީފި އެވެ.

"މިހާރު" ޔޫރޯ ފެންޓަސީ ލީގުގައި އެއްވަނަ ހޯދީ އެފްސީ ހުސައިންގެ ނަމުގައި ވާދަކުރި ހުސައިން ޒާހިރު އަށެވެ. އޭނާ އަށް ލިބޭނީ ލިޓަސް ފިހާރަ އިން ހުށަހަޅާފައިވާ "ހައުޖޭ 125 އެޗް" ގެ ސައިކަލެކެވެ.

ދެވަނަ އަށް ދިޔަ ފާރަތަކީ އެފްސީ ޕޭންގެ ނަމުގައި ވާދަކުރި "އިހްސާނިއްޓޭ17" އެވެ. އޭނާ އާއި އެއްވަނަ އަށް ދިޔަ ހުސައިން ޒާހިރަށް ޕޮއިންޓް ލިބުނީ އެއް ވަރަކަށެވެ. ވަނަ ވަނަ އަށް ދިޔަ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއްގެ ޕޮއިންޓް އެއްވަރު ވެއްޖަ ނަމަ މޮޅުވި ފަރާތެއް ކަނޑައަޅާނީ ގުރުލައިގެންނެވެ. "މިހާރު"ން ނެގި ގުރު ދީމާވީ ހުސައިން ޒާހިރަށެވެ.

އެފްްސީ ޕޭންގެ ނަމުގައި ވާދަކުރި "އިހްސާނިއްޓޭ17" އަށް އިނާމަކަށް ލިބޭނީ ރެޑް ވޭވުން ހުށަހަޅާފައިވާ، "ހައިސެންސް" ބްރޭންޑްގެ "4ކޭ ކިއުލެޑް" 65 އިންޗީގެ ސްމާޓް ޓީވީއެކެވެ.

ތިންވަނަ ހޯދީ ރާޅު ޝާމީގެ ނަމުގައި ވާދަކުރި ޝާމީ އަހްމަދެވެ. އޭނާ އަށް އިނާމަކަށް ދީފައި ވަނީ ސޮނީ ސްޕޯޓްސް އިން 2،000ރ. ގެ ގިފްޓް ވައުޗާއެކެވެ.