Roadha Mihaaru
ހުނަރުވެރިންގެ "މިވާހަކަ" ދެވަނަ ސީޒަން މި ހަފުތާގައި

"މިވާހަކަ" ޕޮޑްކާސްޓްގެ ދެވަނަ ސީޒަން މި ހަފުތާގައި

04 ޑިސެމްބަރ 2023

އެކި ދާއިރާތަކުގެ ހުނަރުވެރިންނާއި ހިދުމަތްތެރިންގެ ޝައުގުވެރި ވާހަކަތަކާ އެކު "މިހާރު"ގެ ޕޮޑްކާސްޓް "މިވާހަކަ"އިގެ ދެވަނަ ސީޒަން މި ހަފުތާގައި ފަށާނެ އެވެ.

އެކި ދާއިރާތަކުގެ ހުނަރުވެރިންނާއި ހިދުމަތްތެރިންގެ ޝައުގުވެރި ވާހަކަތަކާ އެކު "މިހާރު"ގެ ޕޮޑްކާސްޓް "މިވާހަކަ"އިގެ ދެވަނަ ސީޒަން މި ހަފުތާގައި ފަށާނެ އެވެ.

އާއްމު ދިރިއުޅުމުގައި އެކި މީހުންނަށް ކޮންމެ ދުވަހަކު ދިމާވާ ކަންކަމުގެ ހައްލުތަކާއި އިޖުތިމާއީ ބޮޑެތި މައްސަލަތަކުގައި ވެސް އާއްމުން ހޭލުންތެރިކުރަން އެކި ޕްލެޓްފޯމުތަކުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު އިބްރާހިމް (ކުޑޫ) ހޯސްޓްކޮށްދޭ ޕޮޑްކާސްޓްގެ ފުރަތަމަ ސީޒަންގައި 50 އަށް ވުރެން ގިނަ އެޕިސޯޑް ގެނެސްދިނެވެ.

ގިނަ ބައެއްގެ މަގްބޫލްކަން ލިބުނު "މިވާހަކަ"އިގެ އާ ސީޒަންގައި ޝައުގުވެރި ގިނަ ވާހަކަތަކަކާ އެކު 13 އެޕިސޯޑް ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

މި ޕޮޑްކާސްޓަށް ކުޑޫގެ މެހުމާނުންގެ ގޮތުގައި އަންނަނީ ދިރިއުޅުމުގައި އެކި ކަހަލަ ކާމިޔާބީތައް ހޯދާފައިވާ އަދި މުޖުތަމައު ނުވަތަ ގައުމަށް އަގުހުރި ހިދުމަތެއް ކޮށްދީފައިވާ މީހުންނެވެ. އެކި ދާއިރާތަކުން ކުރިއަށް ދިއުމުގައި ހިތްވަރު ކުރާ މީހުންނާއި ބައްޔެއް ނުވަތަ ހާދިސާއަކުން ކުރިމަތިވާ ހާލަތްތަކުން އަރައިގަނެފައި ތިބި މީހުން ވެސް ހިމެނޭނެ އެވެ.

ކާމިޔާބީ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ އެކު އެ މީހުންގެ ތަޖުރިބާ އިން އެހެން މީހުންނަށް ހިތްވަރު ލިބޭ، އުފާވެރި އެތައް ވާހަކައެއް އާއްމުންނާ ހަމައަށް ގެނެސްދެ އެވެ. މި ޕޮޑްކާސްޓުގެ ކޮންމެ މެހްމާނެއްގެ ވާހަކައަކީ ވެސް އެހެން މީހުންނަށް ދިމާވާ ކަންކަމުގައި ރަނގަޅު ވިސްނުންތަކަކަށް ހިތްވަރެކެވެ.

މި ވާހަކަ ޕޮޑްކާސްޓް ފުރަތަމަ ސީޒަން: އެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުންނާއި ހިދުމަތްތެރިންގެ ގިނަ ވާހަކަތަކެއް ދެ ވަނަ ސީޒަންގައި ގެނެސްދޭނެ.

މި ވާހަކަ ޕޮޑްކާސްޓް ފުރަތަމަ ސީޒަން: އެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުންނާއި ހިދުމަތްތެރިންގެ ގިނަ ވާހަކަތަކެއް ދެ ވަނަ ސީޒަންގައި ގެނެސްދޭނެ.

މިފަހަރުގެ ސީޒަންގައި ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވި ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އާއި ރޭޑިއޯ ޕްރޮޑިއުސަރު މޫމިނާ އިބްރާހިމް (މޫމިނާއްތަ) އާއި ޑައިވިންގައި އުޅެނިކޮށް ބޮޑު އަނިޔާއެއް ލިބުނު ހާއިފް އިބްރާހިމް އާއި އިޝާން ހަސަން ހިމެނެ އެވެ.

ފުރަތަމަ ސީޒަންގައި 100،000 އަށް ވުރެ ގިނަ ފަހަރު މި ޕޮޑްކާސްޓް މީހުން އަޑުއަހާފައިވެ އެވެ. އާއްމުންގެ އެންގޭޖްމަންޓަށް ބަލައި ދެވަނަ ސީޒަންގެ މެހްމާނުން ނަގާފައި ވަނީ ވީހާވެސް ގިނަ މައުލޫމާތާއި ރަނގަޅު މެސެޖްތަކެއް ގެނެސްދެވޭނެ ގޮތަށެވެ.

މި ޕޮޑްކާސްޓްގެ ފުރަތަމަ ސީޒަންގެ މެހުމާނުންގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އާއި މަޝްހޫރު ޑައިވަރު ޒޫނާ ނަސީމް އާއި ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް އާއި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި ތައުލީމީ ދާއިރާގައި 50 އަހަރު މަސައްކަތް ކުރެއްވި ޑރ. އަހްމަދު އަންވަރު ފަދަ ގިނަ ބޭފުޅުން ހިމެނެ އެވެ.