ގުރުއާން ހިތުން ދަސްކުރުމަށް ފަހު މުރާޖާ ކުރަން މާލެ ނައިސް ރަށުގައި ތިބެގެން ކިޔައިދެވޭ ގޮތަށް ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލު ބަދަލުކޮށްފި އެވެ.
01 ޖޫން 2024
ގުރުއާން ހިތުން ދަސްކުރުމަށް ފަހު މުރާޖާ ކުރަން މާލެ ނައިސް ރަށުގައި ތިބެގެން ކިޔައިދެވޭ ގޮތަށް ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލު ބަދަލުކޮށްފި އެވެ.
ކުރިން އޮންނަ ގޮތުން ހާފިޒަކަށް ވުމަށް މުރާޖައާ ކުރަން ޖެހެނީ މާލެ އައިސް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ކޮމެޓީއަށް ނުވަތަ މީހަކަށް ކިޔައިދީގެންނެވެ.
ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލަށް ބަދަލު ގެނެސް މިދިޔަ ބުރާސްފަތު ދުވަހު އިއުލާން ކުރި އުސޫލުގައި ވާގޮތުން ރަށްރަށުގައި ތިބެގެން ހިތު ދަސް ކުރުމަށްފަހު ރަށުގައި ތިބެ މުރާޖައާ ކުރެވޭނެ އެވެ. މާލެ އަންނަން ޖެހޭނީ ހަމަ އެކަނި ޓެސްޓު ހެދުމަށެވެ.
އޭގެ އިތުރުން އެ އުސޫލަށް ގެނެސްފައިވާ ބަދަލަކީ އިސްލާމިކް ޔުނިވާސިޓީގައި ގުރުއާން ހިތުދަސްކުރުމަށްފަހު އެ ތަނުން ޓެސްޓު ހަދާ މީހުންނަށް އިތުރު ޓެސްޓެއްގައި ބައިވެރިވާން ނުޖެހި އެއީ ހާފިޒެއް ކަމުގައި ބަލައި ގަންނަ ގޮތަށް ބަދަލު ކުރުމެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުން ގުރުއާނާ ބެހޭ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިދުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒްކަމުގެ އިމްތިހާނު ކޮށްދިނުމަށް އެދި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުން އެ ދަރިވަރަކު އިމްތިހާނު ކޮށްދޭނެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އެ ގެނެވުނު ބަދަލާއެކު ވަރަށް ބޮޑު ލުއި ފަސޭހަތަކެއް އަންނާނެ ކަމަށެވެ.
ގުރުއާން ކްލާސްރޫމު ހިމެނޭހެން ވިލިމާލޭގައި މިސްކިތެއް
ޚަތީބުންގެ ތިންވަނަ ބުރުގައި 283 ކުދިން
ހާފިޒުންގެ ޖަލްސާ ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ
ހާފިޒުންނަށް ތާރީހީ ރެއެއް، 24 ފަރާތެއް ހާފިޒުންނަށް
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް 27 ގައި
މަންމަން ދެމަފިރިންގެ ނަން ގުގުމާލި ދަރިފުޅު!
ޚަތީބުންގެ ކޯހުގައި 50 ކައުންސިލަރުންނަށް ފުރުސަތު
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
މޯލްޑިވިއަން އެއާލައިންގައި ދިވެހިން ހައްޖަށް
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި