30 މެއި 2024
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރަށް ސާޕްލަސް ނުވަތަ އަރަނި ބަޖެޓެއް ހުށަހެޅުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރަށް ސާޕްލަސް ނުވަތަ އަރަނި ބަޖެޓެއް ހުށަހެޅުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުން ކަމަށެވެ.
އޭނާ ވިދާޅުވީ، މި އަހަރުގެ މި މަހާ ހަމައަށް ލިބޭ އާމްދަނީން ހަރަދު އުނިކުރުމަށް ފަހު، ޕްރައިމަރީ ބެލެންސް ހުރީ 201 މިލިއަން ރުފިޔާ ނެގެޓިވްކޮށް ކަމަށެވެ. އެކަމަކު، މިދިޔަ އަހަރު ޕްރައިމަރީ ބެލެންސްގައި ނެގެޓިވްކޮށް ހުރީ 2.6 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ އެންގުމަކީ އިކޮނޮމީ މެނޭޖް ކުރުމަށް ޕްލޭނެއް ހުށަހެޅުމަށް. އެ ޕްލޭން މިހާރު ވަނީ ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސްޓްރަކްޝަން ދެއްވާފައި، 2028 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ސާޕްލަސް ބަޖެޓެއް ހުށަހެޅުމަށާއި އެ މަސައްކަތް ކުރާ އިރު ދަރަނި ސްޓޮކް ވެސް މިހާރަށް ވުރެ ރަނގަޅު ވާނެ ގޮތަކަށް ގެންދެވުމަށް،" ސާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުން ހަރަދު ކުޑަކުރުމަށް އެހާ ބޮޑަށް އިސްކަން ދޭ އިރު، ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ މި އަހަރު ނިމެންވާ އިރަށް އިތުރު 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖެހޭނެ އެވެ.
ޑެޕިއުޓީ މިނިސްޓަރު ސާއިދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އެއީ 60 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަޅުގަނޑުމެންގެ މޮޑެލްތަކުން ފެންނަން އެބަހުރޭ. ސަތާރަ ބިލިއަން ރުފިޔާގެ ފައިސާ [ނެތް ފައިސާ. ހޯދޭނެ ގޮތެއް ޔަގީން ނުވާ] އަންމެޓް ފައިނޭންސް ކަމަށް ބަޖެޓުގައި ބަޔާންކުރާ އިރު އެ އަދަދު 25 ބިލިއަނަށް އުފުލިގެން އައީމާ އެއީ ރައްޔިތުންނަށް އިތުރަށް ދަތިވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސާއިދު ވިދާޅުވީ، މާލީ ހާލަތާ ނުބައްދަލު ހަރަދުތަކެއް ކުރާ ނަމަ އެ ފައިސާ ހޯދަން ޖެހެނީ އެހެން ގައުމުތަކުން ކަމަށެވެ. އެކަމަކު އެ އިން ވެސް އިތުރު އުނދަގޫތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
"އޯވަރޯލް ބެލެންސް މެއި މަހާ ހަމައަށް 1.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހަރަދުވެފައި ހުރި އިރު މިދިޔަ އަހަރު މި އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގައި. ޖުމްލަކޮށް މިއީ އަހަރުން އަހަރަށް ބަލާ ނަމަ 2.7 ބިލިއަން ރުފިޔާގެ ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
ސާއިދު ވިދާޅުވިގޮތުގައި، ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން އިސްކަން ދޭއިރު، ހަރަދުތައް ކުރުމުގައި އެންމެ އިސްކަންދޭނެ ކަންކަން ވެސް އަންނަނީ ކަނޑައަޅަމުންނެވެ.
މިހާރު ވެސް ސަރުކާރުން ވަނީ ދަރަނިތައް އަދާކުރަން 2.5 ބިލިއަން ރުފިޔާ ދައްކައިފަ އެވެ. އޭގެ ތެރެއިން ވެސް 1.6 ބިލިއަން ރުފިޔާ އަކީ ކުރިން ނެގި ދަރަންޏަށް ދައްކަން ޖެހޭ އިންޓްރެސްޓެވެ. ދައުލަތުން މިހާރު ވަނީ ބަޖެޓަށް ބޭނުންވާ 8.5 ބިލިއަން ރުފިޔާ ހޯދުމަށް އިއުލާނު ކޮށްފަ އެވެ. ބަޖެޓު ފައިނޭންސިން އަށް އިތުރު 50 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ވެސް ބަޖެޓުގައި ކަނޑައަޅާފައި ވެ އެވެ.
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
ގޮންޖެހުން ބޮޑު، އެކަމަކު ބަނގުރޫޓުވިޔަ ނުދޭނަން
"މި ބަޖެޓުން ވައުދުތައް ތަންފީޒުކުރަން ފެށޭނެ"
ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަނީ
"މިއަހަރުގެ ކޭޝްފްލޯ މެނޭޖްކުރަން ގޮންޖެހުންތައް ގިނަ"
އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދާނަން:ޝަފީގު
ސުކޫކު ޕޭމަންޓްތައް ދެއްކުމަށް ދަތިކަމެއް ނެތް: ޝަފީގު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ޑޮލަރު ރިޒާވް އިތުރުކުރާނަން، ރައްޔިތުންނަށް ބުރަނުވާނެ