20 ނޮވެމްބަރ 2023
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ކެޝްފްލޯ މެނޭޖްކުރަން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަން ހައްލު ކުރަން ބޭރުގެ ގައުމުތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ކެޝްފްލޯ މެނޭޖްކުރަން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަން ހައްލު ކުރަން ބޭރުގެ ގައުމުތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން، މިއަދު ބަޖެޓު ކޮމިޓީގައި ޝަފީގު ވިދާޅުވީ ކޭޝްފްލޯގެ ތާށިކަން ހައްލުކުރަން ކުރިއަށް އޮތް ދެ މަހު 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބޭނުންވާ ކަމަށެވެ. ޝަފީގު ވިދާޅުވީ، ވީހާ ވެސް އަވަހަކަށް އެ އަދަދުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެން މިބަދަލަކީ މިހާރު ރާއްޖޭގެ ބޭންކްތަކާއި ޓީބިލްއަށް އިންވެސްޓް ކުރި ފަރާތްތަކާ ވާހަކަދައްކައިގެން އެންމެ ރަނގަޅު ގޮތެއްގައި މިދެމަހު ވެސް މެނޭޖްކުރެވޭތޯ. ސަރުކާރު ހަވާލުވިތާ މިއަދު މީ ތިން ވަނަ ދުވަސް. ބޮޑަށް ވާހަކަ މިދެކެވެނީ މެދު އިރުމަތީގެ ގައުމުތަކާ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ޑރ ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝަފީގު ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭރުން ވަޑައިގެންނެވި ވަފުދުތަކާ އެކު ވެސް މިކަމުގައި މަޝްވަރާތައްކުރެއްވި ކަމަށެވެ. ބަޖެޓް ސަޕޯޓު ދޭން ބައެއް ގައުމުތަކުން ރަނގަޅު ރެސްޕޮންސެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ބިރުގަންނަން ޖެހޭފަދަ ހާލަތެއްގައި ކަމަށާއި އިގްތިސާދީ ގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް، މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުން ސަބްސިޑީ ރީޕޯމު ކުރުމަށް ބަޖެޓުގައި އަޅަން ކަނޑައެޅި ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރުގެ ޖުލައި މަހުގައި އެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. ސަރުކާރުން ދޭ ބައެއް ސަބްސިޑީތައް ޓާގެޓު ކުރުމުގެ ގޮތުން ބަޖެޓުގައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި އާބާދީގެ 65 ޕަސެންޓަށް ސަބްސިޑީގެ ފައިދާ ލިބޭ ގޮތަކަށް ކަންކަން ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
ގޮންޖެހުން ބޮޑު، އެކަމަކު ބަނގުރޫޓުވިޔަ ނުދޭނަން
"މި ބަޖެޓުން ވައުދުތައް ތަންފީޒުކުރަން ފެށޭނެ"
ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަނީ
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ
2028 ގައި ހުށަހަޅާނީ އަރަނި ބަޖެޓެއް: ފިނޭންސް
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ސަސްޕެންޝަން އުވާލައި ފައިސާ ޗާޕު ނުކުރެވޭ ގޮތް ހަދަނީ