Roadha Mihaaru
އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދާނަން:ޝަފީގު

އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދާނަން: ޝަފީގު

18 ސެޕްޓެމްބަރ 2024

ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ޑިމާންޑު ވަރަށް ބޮޑު ކަމަށާއި މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ކުރިމަގުގައި ރާއްޖެ ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ޑިމާންޑު ވަރަށް ބޮޑު ކަމަށާއި މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ކުރިމަގުގައި ރާއްޖެ ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް 2024 ގައި އޭނާ ވިދާޅުވީ، އިސްލާމިކް ފައިނޭންސިން އަށް ދިވެހިންގެ ޝައުގުވެރިކަން ބޮޑުކަން ފާހަގަކުރެވުނީ އެޗްޑީއެފްސީ އިން ސުކޫކެއް އިޝޫ ކުރިއިރު ލިބުނު ތާއީދުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މާލީ އިދާރާތަކުން އިސްލާމިކް ފައިނޭންސިންގެ އުފެއްދުންތައް ތައާރަފްކޮށް، އެ ބޭނުންކުރުމުގެ ފުރުސަތުތައް ހުޅުވައިލާން ފިނޭންސް މިނިސްޓްރީގެ ފުރިހަމަ ތާއީދާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.

"އެއް ރަށަކުން 50 މީހުން އެ ސުކޫކުގައި އިންވެސްޓް ކުރި. އެއީ އެ މީހުން އިސްލާމިކް ފައިނޭންސިން އަށް އިތުބާރު ކުރާތީ،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވިގޮތުގައި، ސަރުކާރުން ވެސް އިތުރު އިސްލާމިކް ފައިނޭންސިންގެ ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ހޯދާނެ އެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް 2024 ފެށުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ވަހީދުގެ ދެކަނބަލުންނާއި ފިނޭންސް މިނިސްޓަރު ޝަފީގު އަދި ބައެއް އެހެން ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

ސަރުކާރުން ވަނީ 2021 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކައިފަ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، އެ ސުކޫކުގެ ކޫޕަން ޕޭމެންޓްތައް ސުންގަޑިތައް މީގެ ކުރިން ވެސް ދައްކަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިވަގުތު ރާއްޖެ އޮތީ މާލީ ގޮތުން ދަތި އުނދަގޫ ހާލަތެއްގައި ކަމަށާއި އެކަމުން އަރައިގަތުމަށް ފިސްކަލް ރިފޯމުތައް ގެނައުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް 2024 ގެ މަންދޫބުން ގުރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް 2024 ގެ މަންދޫބުން ގުރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

ޕެރެޑައިސް ރިސޯޓުގައި ބޭއްވި އިސްލާމިކް ފައިނޭންސް ސަމިޓުގައި އިސްލާމިކް ފައިނޭންސިންއާ ގުޅޭ ތަފާތު މައްސަލަތަކާއި ހުރި އާ ފުރުސަތުތަކާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންތައް އިއްޔެ ބޭއްވި އެވެ.