އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
24 މެއި 2024
އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓުއައިސްފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު މެންދުރު ކަރަންޓުގައި ޖެހިގެން ފަރުވާދެމުން އަންނަނީ 18 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ދުވަހު ފެންގަނޑުން ކަރަންޓުގައި ފުރަތަމަ ޖެހުނީ އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާ ސަލާމަތް ކުރަން ދިޔައީ 18 އަހަރުގެ ފިރިހެން ކުއްޖާ އެވެ. އަށް އަހަރުގެ ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި 18 އަހަރުގެ ކުއްޖާ ފެންގަނޑަށް ވެއްޓި، ހޮޅުދަނޑީގައި އަތް ލެވުމުން އެ ކުއްޖާ ވެސް ކަރަންޓުގައި ޖެހުނެވެ. އެ ހާދިސާގައި އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "މިހާރު" އަށް ވިދާޅުވީ އަށް އަހަރުގެ ކުއްޖާ އާއި 12 އަހަރުގެ ކުއްޖާ އިއްޔެ ހަވީރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް 18 އަހަރުގެ ކުއްޖާ ހާލު ސީރިއަސް ކަމަށާއި މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުއްޖާގެ ހާލު ސީރިއަސް. ވަރަކަށް ކްރިޓިކަލްކޮށް އަދިވެސް ހަމަ އޮތީ. މާލެ ގެންދަން ވެސް އަދި ޑޮކްޓަރުން ނުނިންމާ، ޑޮކްޓަރުން އަދި ނުދަންނަވާ. ޑޮކްޓަރުން ދެންނެވީ މިހާރު އެ އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ދޭތޯ ބެލަމުން އެ ދަނީ ވަރަށް ގާތުން،" އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 18 އަހަރުގެ ކުއްޖާއަށް ލިބުނު ޝޮކާއެކު ކިޑްނީއަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ.
އުނގޫފާރު ހާދިސާއާ ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރަށް
ކަރަންޓް ޖެހި، މީހަކު މަރުވުމުން ފެނަކަ ޖޫރިމަނާކޮށްފި
ކަރަންޓުގައި ޖެހުނު ޒުވާނާ އަދިވެސް ވެންޓިލޭޓަރުގައި
ރައްޔިތުންގެ އެންމެފަހު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި
ކެންދޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް
ކެންދޫގެ ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ
މެންދުރުން ފެށިގެން ކެންދޫގައި ކަރަންޓެއް ނެތް
ފެނަަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަނީ
18ރަށެއްގެ ސްކޫލް އިމާރާތުގެ މަސައްކަތް ތިން ބަޔަކަށް
ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން ހަވާލުކޮށްފި