Roadha Mihaaru
ކުއްޖާ ރޭޕްކުރި މައްސަލަ: ތުހުމަތުވާ މީހާ ހައްޔަރު

މަސްތުވާތަކެތި ދީގެން ކުއްޖަކު ރޭޕްކުރި މައްސަލަ: ތުހުމަތުވާ މީހާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

24 މެއި 2024

އުމުރުން 13 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތި ދީ، ރޭޕް ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތި ދީ، ރޭޕް ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖްގައި ބުނީ ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިކަން ހިނގީ އުތުރުގެ ރަށެއްގައި މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަން ރިޕޯޓްކުރުމާ އެކު ފުލުހުން ދިޔައީ ތުހުމަތުވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލަ އިއްޔެ އާންމުންނަށް ތިލަވެ، މީހާ ހައްޔަރުކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވަނިކޮށް ފުލުހުން އެމީހާ ހޯދަން މިއަދު އާންމުކޮށް އިއުލާންކުރި އެވެ. ހޯދަން އިއުލާން ކުރީ އެމީހާގެ ފޮޓޯއާ އެކު އެވެ.