11 އޮކްޓޯބަރ 2020
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާ ފުލުހުންނަށް ދިން ބަޔާނަށް އުނި އިތުރު ގެނެސް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތުކޮށް މައްސަލަ ބަލައިދޭން ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާ ފުލުހުންނަށް ދިން ބަޔާނަށް އުނި އިތުރު ގެނެސް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތުކޮށް މައްސަލަ ބަލައިދޭން ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
ޖިންސީގޯނާގެ މައްސަލަ ރިޕޯޓްކުރުމާ ހިސާބުން ފެށިގެން ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާއި ވިކްޓިމް ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި ތުހުމަތު ކުރެވޭ މީހުން އެހާ އަވަހަށް ދޫކޮށްލުން ފަދަ ތުހުމަތުތަކާ ގުޅިގެން ކުރިން ވެސް ބޮޑެތި ފާޑުކިއުންތަކެއް ފުލުހުންނަށް އަމާޒުވި މި މައްސަލައިގައި އާ ތުހުމަތެއް މި ފެންމަތިކުރީ ކެންޔާގެ 27 އަހަރުގެ އަންހެންމީހާގެ ލޯޔަރުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީ އެވެ.
Despite repeated gross negligence by @PoliceMv in #SafariRapeCase @Noorbaan & I have remained patient in the hope of justice. This video of IOs mocking lawyers of a victim & trying to tamper with victim's statement, is clear evidence of intention of the police in this case. pic.twitter.com/3wckuCWbBX
— Shafeea Riza (@ShafeeaRiza) October 11, 2020
އަންހެން މީހާގެ ބަޔާނަށް ބަދަލު ގެންނަނީ ކަމުގެ ތުހުމަތާ އެކު ޓުވިޓާގައި ވަނީ ވީޑިއޯއް އާއްމުކޮށްފަ އެވެ. އެ ވީޑިއޯގައި އަންހެން އިންވެސްޓިގޭޓިވް އޮފިސަރަކު ބަޔާނުގައި ހުރި ބައެއް ވާހަކަތައް ކިޔައި، އުނިކުރަންވީ ކޮން ބައެއްތޯ ސުވާލުކުރާ އަޑު އިވެ އެވެ. ހުރިހާ ވާހަކައެއް ވެސް ލިއެފައި ހުންނާނެ ކަމަށް ފިރިހެން ފުލުހަކު ބުނާ އަޑު އިވުނަސް އެއީ ސީދާ ކޮން ވާހަކައެއް ކަން ސާފެއް ނުވެ އެވެ. ތުހުމަތާ ބެހޭ ގޮތުން "މިހާރު" އިން ފުލުހުންނާ ސުވާލުކުރުމުން އެކަމަށް އަދި ޖަވާބެއް ނުލިބެ އެވެ.
ވީޑިއޯގައި، ލޯޔަރުންނަށް ލަސްވެގެން ރުޅިގަދަވެފައި ތިބި ކަމަށް އެއް ފުލުހަކު ބުނުމުން އެ މީހުން ލަސްވިޔަސް މައްސަލަ ނުޖެހޭނެތޯ އަނެއް ފުލުސްމީހާ ސުވާލުކުރާ އަޑު އިވެ އެވެ.
ޝަފީއާ އާއި ނޫރުބާން "މިހާރު" އަށް ވިދާޅުވީ ތަހުގީގުގައި ވިކްޓިމް ދޭ ބަޔާނަކީ އަލިފުން، ޔާ އަށް އޮންނަން ޖެހޭ އެއްޗަކަށް ވިޔަސް ފުލުހުންނަށް އޮޅިގެން ވަކީލުންނަށް މިއަދު ސްކައިޕް މެދުވެރިކޮށް ފޮނުވުނު ވީޑިއޯގައި، ވިކްޓިމްގެ ބަޔާން "ބަދަލުކުރާ ތަން ފެނުމުން" ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ. މިއަދު އޮތީ، ސެޕްޓެމްބަރު 13 ގައި ނެގި ވީޑިއޯ ސްޓޭޓްމެންޓެއް ރިވިއުކުރަން އޮތް ބައްދަލުވުމެއް ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުން ސްކައިޕް މެދުވެރިކޮށް ފެށުމުގެ ކުރިން ފޮނުވުނީ ފުލުހުންނަށް އޮޅިގެން ރެކޯޑް ކުރެވިފައި އިން ވީޑިއޯއް ކަމަށް ވިދާޅުވި އެވެ.
"އެ ވީޑިއޯގައި އެތަން ކަނޑާ، މިތަން ކަނޑާ ބުނެ ދައްކާ ވާހަކަތަކުން ތަހުގީގުގައި މި މައްސަލައިގެ ނިޔަތަކީ ކޮބައިކަމާ މެދު ސުވާލު އުފެދޭ. ބަޔާނުން ކަނޑާ ވާހަކަ މި ދައްކަނީ ޖިންސީ ނިޔަތެއް އޮވެގެން އަތްލީ ތަންތަނާ ގުޅޭ ވާހަކަތައް. މިއީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ޝަފީއާ ވިދާޅުވި އެވެ.
"ޕޮލިސް ކޮމިޝަނަރަށް މެއިލްކުރިން، ޕީޖީ އާއި އެންއައިސީއަށް ވެސް މި މައްސަލަ ހުށަހެޅިން."
ޝަފީއާ ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުން ތަހުގީގުކުރަނީ އެންމެ އިންސާފުވެރިކޮށްތޯ ސުވާލު އުފެދެ އެވެ.
މައްސަލަތަކުގައި ފުލުހުންނަށް ދޭ ބަޔާން، އެ ބަޔާން ދޭ މީހަކު އަލުން ކިޔައި، ބަޔާން ރަނގަޅުތޯ ބަލަން ފުރުސަތުދެ އެވެ. ބަޔާން އޮތީ ރަނގަޅަށް ނޫން ނަމަ އޭގައި ސޮއިކުރަން އިންކާރު ކުރެވޭނެ އެވެ.
ވަކީލުން ވަނީ ކެންޔާ މީހާގެ މި މައްސަލާގައި ފުލުހުންނާ އެކު އޮންނަ ބައްދަލުވުން އަބަދުވެސް ލަސްކުރާ ކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. ވަކީލުން ވިދާޅުވި ގޮތުގައި ވީޑިއޯ ފަށާއިރު އަޑު އިވެނީ ލޯޔަރުންނަށް ހަޖޫ ޖަހާ އަޑެވެ.
މި މައްސަލައިގެ ވިކްޓިމް، ރައްކާތެރިކަން ހޯދަން އެނބުރި ކެންޔާއަށް ގޮސްފައިވާތީ އަދި އޭނާ ދިރިއުޅޭ ވިލެޖުގެ ގޮތުން އިންޓަނެޓް މެދުވެރިކޮށް މި ބައްދަލުވުމުގައި ބައިވެރިވުމަކީ ތަކުލީފު އުފުލަން ޖެހޭ ކަމަކަށްވާތީ، ޝެޑިއުލްކޮށްފައި އޮންނަ ގަޑިއަށް އަވަހަށް ފަށައިދޭން އެދޭ ކަމަށް ވަކީލުން ވިދާޅުވި އެވެ. އެކަމަކު އަބަދުވެސް ބައްދަލުވުން ފަށަނީ ލަހުން ކަމަށް ޝަފީއާ ވިދާޅުވި އެވެ.
"ލޯޔަރުންނާ ބެހޭ ގޮތުން ވެސް އެގޮތަށް ވާހަކަ ދެއްކީމަ ވަރަށް ސުވާލު އުފެދޭ ނިޔަތް ހުރީ ރަނގަޅަށް ތަހުގީގު ކުރަންތޯ. އަޅުގަނޑުމެން މިހާރު ވާނި އެދިފައި އައިއޯ ބަދަލުކޮށްދޭން ވެސް،" ނޫރުބާން ވިދާޅުވި އެވެ.
ޝަފީއާ ވިދާޅުވި ގޮތުގައި ފުލުހުންގެ ވީޑިއޯ އާއްމުކުރީ ތަހުގީގާ މެދު ސުވާލު އުފެދުމުން، އެކަން އާއްމުންނާ ހިއްސާ ކުރާނެ ކަމަށް ބުނުމަށް ފަހު އެވެ.
ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މި މައްސަލައިގައި ދައުވާ ކުރެވޭވަރަށް ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އޭގެ ފަހުން ތިން މަސް ފާއިތުވިއިރު ވެސް ދައުވާކުރާކަށް ނުފޮނުވަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅީ އަދި ތަހުގީގުގައި ހޯދުނު ކުރިއެރުންތަކާ އެކު ޕީޖީއާ އެކު މަޝްވަރާ ކުރަމުން އަންނަނީ ވެސް ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގަ އެވެ.
ކެންޔާގެ އަންހެންމީހާ "މިހާރު"އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ "ރޭޕް ނުކުރާ ކަމަށާއި ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމާލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުނެފައިވެ އެވެ.
ރައްޓެއްސެއްގެ ދައުވަތަކަށް ސަފާރީ އަށް ދިޔައީ ޕާޓީކުރަން ކަމަށާއި ބަނގުރާ ބޭނުންކުރި ކަމަށް ވިކްޓިމް ބުނާއިރު، ސަފާރީގައި ތިބި މީހުން ބަނގުރަލަށް ޓެސްޓް ނުކުރީ ކީއްވެތޯ އެހުމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެފައި ވަނީ އެ މީހުން ތިބީ ބަނގުރާ ބޭނުންކޮށްގެން ކަމަށް އެ ސީނަށް ދިޔަ ފުލުހުންނަށް ތުހުމަތު ނުކުރެވޭތީ ކަމަށެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓްކުރިއިރު ވިކްޓިމްގެ ފަރާތުން ވެސް އެފަދަ ތުހުމަތެއް ނެތުމުން އެކަން ނުކުރީ ކަމަށް ވިދާޅުވި އެވެ. ފުލުހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ސަފާރީ ކޭސްގެ ތަހުގީގުގައި ބަނގުރަލާ ގުޅުން ހުރި މައްސަލައެއް ފުލުހުން ނުބަލަ އެވެ.
ފުލުހުން ބުނެފައި ވަނީ ތުހުމަތުތައް ކުރިޔަސް އެ މައްސަލައިގެ ތަހުގީގުގައި ނުފޫޒެއް ނެތް ކަމަށެވެ. މި މައްސަލައިގައި ފުލުހުން މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހުނެވެ. އެންއައިސީން ވެސް މައްސަލަ ބެލި ނަމަވެސް ފަހުން ތަފްސީލެއް އާއްމެއް ނުކުރެ އެވެ.
ދައުވާކުރަން ފޮނުވި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ
ސަފާރީ ކޭސް: ދައުވާކޮށްދޭން އެދުނީ ތިން މީހަކަށް
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް
ބަޔާން ބަދަލުކުރި ކަމަށް ހުށަހެޅި މައްސަލަ ބަލަނީ
ގްރޫމްކޮށްގެން ޖިންސީގޯނާކުރި މައްސަލާގައި ދައުވާކޮށްފި
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ މައްސަލައިގައި އިދިކޮޅުގެ ރުޅި އިމްރާނަށް
ކޭސް ލޮގް ހޯދާކަށް އެންއައިސީއަކުން ނޭދޭ: ޕޮލިސް
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ