Roadha Mihaaru
ރޭޕް މައްސަލައެއްގައި އާއްމުން ރުޅިގަދަވެ މުޒާހަރާ

ރޭޕް މައްސަލައެއްގައި ހައްޔަރު ނުކުރާ ކަމަށް ބުނެ މުޒާހަރާ

24 މާޗް 2021

އުތުރުގެ ރަށެއްގައި ގްރޫޕު ހަދައިގެން ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ރަށުގެ ޕޮލިސް ސްޓޭޝަން ދޮށުގައި އާއްމުން މުޒާހަރާކުރަމުން އެބަގެންދެ އެވެ.

އުތުރުގެ ރަށެއްގައި ގްރޫޕު ހަދައިގެން ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ރަށުގެ ޕޮލިސް ސްޓޭޝަން ދޮށުގައި އާއްމުން މުޒާހަރާކުރަމުން އެބަގެންދެ އެވެ.

ރަށު މީހުން ނުރުހުން ފާޅުކުރަމުންދަނީ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރާ ކަމަށް ބުނެ އެވެ. ފުލުހަކަށާއި ޓީޗަރަކަށް ވެސް ރަށު މީހުން އެ ތުހުމަތުކުރެ އެވެ.

ނ، ރ، ބ، އަދި ޅ ހިމެނޭ ސަރަހައްދުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުންދާކަން ފުލުހުން ކަށަވަރުކޮށްދިނެވެ. ފުލުހުން ބުނިގޮތުގައި މި މަހު 3ގައި އެކަން ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހު 11ގަ އެވެ.

އެ ރަށުގެ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އާއްމުން ހިތްހަމަނުޖެހިގެން އުޅެނީ މައްސަލައިގެ ތަހުގީގު ލަސްވާތީ އާއި ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރާތީ އެވެ.

ފުލުހުން ބުނީ ޕޮލިސް ސްޓޭޝަން ކައިރި އަށް އެއްވެ އިހުތިޖާޖުކުރަމުންދާ މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.