Roadha Mihaaru
ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި

ރޭޕްގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު 10 ދުވަސް

22 އެޕްރީލް 2021

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ލެމަންގްރާސް ހުންނަ މަގުގައި ރޭގަނޑު 8:20 ހާ އިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި ހަނި ގޯޅިއެއްގެ ތެރޭ ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ ބަންދަށް ކުރިންވަނީ ފަސް ދުވަސް ދީފަ އެވެ. މި މުއްދަތު ހަމަވާތީ އަލުން ކޯޓަށް ގެންދިއުމުން އިތުރު 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް އެ އިދާރާއަކުން ނުދެ އެވެ.

ގަދަކަމުން އެ އަންހެން މީހާ ގެންދާ ވީޑިއޯ އާންމުވެފައި ވާއިރު އެއިން ފެންނަނީ އުފުލައިގެން އެ އަންހެން މީހާ ގޯޅި ގަނޑަކަށް ވައްދަނިކޮށެވެ. އެކަމަކު އެ ތަނުގައި ތިބި މީހުން އަޅައެެއް ވެސް ނުލަ އެވެ.

މަންޒަރު ދުށް މީހަކު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ އަންހެން މީހާ ސަލާމަތްކޮށް ދިނީ އެ ވަގުތު ނަމާދުން ފޭބި މީހުންނެވެ.