Roadha Mihaaru
ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅެފި

ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕްކުރަން އުޅެނިކޮށް ހުއްޓުވައިފި

12 އެޕްރީލް 2019

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް އެ މީހުން ހުއްޓުވައި އޭގެ ތެރެއިން ދެ މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް އެ މީހުން ހުއްޓުވައި އޭގެ ތެރެއިން ދެ މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނީ، މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް އަށް ފުލުހުން ވަނީ އެތަނުން އަންހެނަކު ހަޅޭއްލަވާ އަޑު، އެ ވަގުތު މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވިގެން ކަމަށެވެ. އަދި ފުލުހުން ވަނުމާ އެކު އޭގެ ތެރެއިން ދެ މީހަކު ފިލި ކަމަށާއި އެކަމަކު ގެސްޓް ހައުސް ތެރެއިން އެކަކު އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ. އަނެއް މީހާ ހައްޔަރު ކުރީ ފިލަން ވެގެން ދުވަނިކޮށް މަގުމަތިންނެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 32 އާއި 33 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެ މީހުން ތިބި ކޮޓަރި ފާސްކުރި އިރު، ބަނގުރާ ހުރި ތަށިތަކަކާއި ފުޅިއެއް ވަނީ ފެނިފަ އެވެ.

މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.