28 ނޮވެމްބަރ 2021
ސީއެޗްއެސްސީގައި ކިޔަވާ އުމުރުން 18 އަހަރުގެ ދަރިވަރަކު، އަންހެން ކުދިންތަކެއް ބްލެކްމެއިލްކޮށްގެން ރޭޕްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކެއް ދައުރުވާތީ އެކަމުގެ ހަގީގަތް ހޯދަން ފުލުހުން މަސައްކަތް ފަށައިފި އެވެ.
ސީއެޗްއެސްސީގައި ކިޔަވާ އުމުރުން 18 އަހަރުގެ ދަރިވަރަކު، އަންހެން ކުދިންތަކެއް ބްލެކްމެއިލްކޮށްގެން ރޭޕްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކެއް ދައުރުވާތީ އެކަމުގެ ހަގީގަތް ހޯދަން ފުލުހުން މަސައްކަތް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުދިންތަކެއް ބްލެެކްމެއިލްކޮށްގެން ރޭޕްކުރި ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި މިއަދު ފެތުރުނު ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސޯޝަލް މީޑިއާގައި މިއަދު ދައުރުވާ ޕޯސްޓްތަކެއްގައިވާ ގޮތުން އަންހެން ކުދިންނަށް އޭ ނާ ބިރުދައްކަމުން އަންނަނީ އެކުދިންގެ ބަރަހަނާ ފޮޓޯތައް ހޯދައި ލީކްކޮށްލާނެ ކަމަށް ބުނެ އެވެ. އެގޮތަށް ބިރު ދައްކައިގެން އޭނާ 15 ކުއްޖަކު ރޭޕްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އޭނާގެ އާއިލާގެ ކުދިން ވެސް ހިމެނޭ ކަމަށް އެ ޕޯސްޓްތަކުގައި ބުންޏެވެ.
އެކަމާ ގުޅިގެން ސީއެޗްއެޗްސީއަށް ޓެގްކޮށް، ޓްވިޓާގައި މީހަކު ލިއުނު ލިއުމަކަށް އެ ސްކޫލުން މިއަދު ބުނީ ދަރިވަރުންގެ ރައްކާތެރިކަމަށް އުނިކަމެއް އަންނަ ފަދަ ކަމެއް ހިނގައިގެން ރިޕޯޓްކޮށްފި ނަމަ، ނުވަތަ އެފަދަ ކަމެއް ސަމާލުކަމަށް އަތުވެއްޖެ ނަމަ ވާނީ ފިޔަވަޅު އަޅާ ކަމަށެވެ. އެފަދަ ކަމެއް ސްކޫލުން ބޭރުގައި ވެސް ހިނގާ ނަމަ ލަސްނުކޮށް ސްކޫލްގެ މެނޭޖްމަންޓަށް އެ މައުލޫމާތު ދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ.
"ކުރިއަށް އޮތްތަނުގައި ވެސް އެއްވެސް ދަރިވަރެއްގެ ރައްކާތެރިކަމަށް އުނިކަމެއް ލިބޭނެ ފަދަ ކަމެއް، ސްކޫލްގެ ތެރެއިން ނުވަތަ ބޭރުން ވިޔަސް ކުރިމަތިވާ ނަމަ ލަސްނުކޮށް ސްކޫލް މެނޭޖްމަންޓާ ހިއްސާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ،" ސީއެޗްްއެސްސީން ދިން ޖަވާބުގައި ބުންޏެވެ.
އެ ސްކޫލުން މިހެން ބުނި ނަމަވެސް، އެނގިފައިވާ ގޮތުގައި ރޭޕްގެ ތުހުމަތުވާ ފިރިހެން ދަރިވަރުގެ މައްސަލަ އެއްވެސް ފަރާތަކުން އަދި ފުލުހުންނަށް ހުށަހަޅައިފައެއް ނުވެ އެވެ. އެ މައްސަލަ ފުުލުހުންގެ ސަމާލުކަމަށް އައީ މީޑިއާއަށް މައުލޫމާތުދޭން ފުލުހުން ހަދާފައިވާ ގްރޫޕެއްގައި ބައެއް ނޫސްވެރިން، އެ ޕޯސްޓްތައް ހިއްސާކުރުމުންނެވެ.
ކުއްޖާ ރޭޕްކުރި މައްސަލަ: ތުހުމަތުވާ މީހާ ހައްޔަރު
ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި
ރޭޕް މައްސަލައެއްގައި އާއްމުން ރުޅިގަދަވެ މުޒާހަރާ
ރޭޕްގެ އަމަލެއް ނުހިނގާ، ނުރުހުމުގައި އަތްލާން އުޅުނު
ރުގްޔާކުރަން ހަތަރު މައިން ރަހީނުކޮށް، ޖިންސީ ގޯނާ
ސަފާރީ ކޭސްގައި ވިކްޓިމަށް މަރުގެ އިންޒާރުދިން: ވަކީލު
ސަފާރީ ކޭސް: ބަޔާން ބަދަލުކުރި ކަމަށް ތުހުމަތުކޮށްފި