23 މެއި 2024
ސިއްހީ ކުއްލި ހާލަތެއް ދިމާވެ، އިތުރު ފަރުވާ ބޭނުންވާނަމަ މި ފަހަކާ ޖެހެންދެން ބަލި މީހުން އުފުލުމުގައި ބަރޯސާވީ ބޭރުގެ ބަޔަކަށެވެ. ނަމަވެސް، ބޭރުގެ ސިފައިން ތިބެގެން ޑޯނިއާ އަދި ހެލިކޮޕްޓަރުގައި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލަމުން ދިޔަ ދިއުމަށް ނިމުމަކަށް ގެނެސް މި ސަރުކާރުން ވަނީ އެއާ އެމްބިއުލާންސް ތައާރަފްކޮށްފަ އެވެ.
ސިއްހީ ކުއްލި ހާލަތެއް ދިމާވެ، އިތުރު ފަރުވާ ބޭނުންވާނަމަ މި ފަހަކާ ޖެހެންދެން ބަލި މީހުން އުފުލުމުގައި ބަރޯސާވީ ބޭރުގެ ބަޔަކަށެވެ. ނަމަވެސް، ބޭރުގެ ސިފައިން ތިބެގެން ޑޯނިއާ އަދި ހެލިކޮޕްޓަރުގައި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލަމުން ދިޔަ ދިއުމަށް ނިމުމަކަށް ގެނެސް މި ސަރުކާރުން ވަނީ އެއާ އެމްބިއުލާންސް ތައާރަފްކޮށްފަ އެވެ.
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި މިދިޔަ މާޗު 1 ގައި ދިވެހިން އަމިއްލައަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރަން ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ހިދުމަތް ފުރަތަމަ ފެށީ ރަންވޭއަށް ޖައްސާ ފުރޮޅުލީ ބޯޓުގަ އެވެ. އެކަމަކު، އޭގެ ދެ ހަފުތާ ފަހުން ސީ ޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައި، އެކަން ފުޅާކޮށްފައިވެ އެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއާ އެމްބިއުލާންސްގެ ފްލީޓަށް އިތުރު އެއާކްރާފްޓެއް ގެންނާށެވެ.
— Dr Mohamed Muizzu (@MMuizzu) February 29, 2024
މި އަހަރު ނިމުމުގެ ކުރިން ހެލިކޮޕްޓަރުގައި ހިދުމަތް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމުގައި މެޑިކަލް ވަސީލަތްތަކައެކު ޑޮކްޓަރަކާއި ނަރުހެއް އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއް ހަރަކާތްތެރިވާނެ ކަމަށެވެ.
އެއާ އެމްބިއުލާންސް ފެށި ފުރަތަމަ މަހު ދެ އެއާކްރާފްޓުގައި ޖުމްލަ 58 ދަތުރުކޮށްފައިވެ އެވެ. މިދިޔަ އޭޕްރީލް މަހު 64 ދަތުރު އަދި މި މަހުގެ މިދިޔަ ހުކުރު ދުވަހާ ހަމައަށް ޖުމްލަ 31 ދަތުރުކޮށްފައިވެ އެވެ. އެހާ ހަމައަށް އެއާ އެމްބިއުލާންސްގައި 152 ދަތުރުކޮށް، 196 ބަލި މީހުން އުފުލާފައިވެ އެވެ.
ހެލްތު މިނިސްޓްރީގައި މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގުން ފުޅާކުރުމުން އެ ތަންތަނުގައި ގާއިމްކުރަންވީ އަދި ޑިމާންޑު އޮތީ ކޮން ހިދުމަތްތަކެއްކަން އެނގިގެންދާނެ ކަމަށެވެ. އެކަން، އެމްބިއުލާންސްގެ ހިދުމަތްތަކާ ގުޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ތަންތަނުގައި ހިދުމަތްތައް ފުޅާކުރުމުން ރިފަރަލް ނުހަދާ އެ ތަނެއްގައި ފަރުވާ ދެވޭނެ ކަމަށާއި އޭރުން ބަޖެޓަށް ލުއިވެ، ކޮންމެހެން ފަރުވާ ކުރަންޖެހޭ ކަންކަމަށް ހަރަދު ކުރެވިގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި އެއާ އެމްބިއުލާންސް
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ މޯލްޑިވިއަންގެ ދެ ބޯޓުގަ އެވެ. އެއާޕޯޓު އޮތް ރަށްރަށަށް ޖައްސަނީ ފުރޮޅުލީ ބޯޓެވެ. ސީ ޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުގެ ބޭނުމަކީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވީހާ ވެސް ގިނަ ރަށްރަށަށް އެ ހިދުމަތް ފޯރުކޮށްދިނުމެވެ.
އެއާ އެމްބިއުލާންސްގައި އެއް ފަހަރާ ދެ މީހުން އުފުލޭނެ
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ތިނަދޫ ހޮސްޕިޓަލް ތަރައްގީކޮށް ރިފަރަލް ޕޮއިންޓަކަށް
ސިއްހީ ހިދުމަތަށް ރަޖިސްޓްރީނުކުރާ ތަންތަނަށް އިންޒާރެއް
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
ބުޅާމަހުން ކާތަކެތި ހެދިކަން ކަށަވަރެއްނުވޭ: މިނިސްޓަރު
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު
ޗަމްޕާ ބްރަދާސްއިން ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކޮށްފި
ސިއްހީ ހަރަދު ކުޑަކުރާ ޒިންމާ އޮތީ އަމިއްލަ އަތުގައި