Roadha Mihaaru
ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ މީހުން ޖޫރިމަނާކޮށްފި

ހައިވޭގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ މީހުންނަށް ފިޔަވަޅު އަޅައިފި

17 މެއި 2024

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ހައިވޭ މަތިން ހެލްމެޓް ނާޅާ، ސައިކަލުގައި ދަތުރުކުރި ދެ މީހަކަަށް ފިޔަވަޅު އަޅައިފި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ހައިވޭ މަތިން ހެލްމެޓް ނާޅާ، ސައިކަލުގައި ދަތުރުކުރި ދެ މީހަކަަށް ފިޔަވަޅު އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ ޒުވާން ފިރިހެނަކާއި އަންހެނަކު ހައިވޭ މަތިން ހެލްމެޓް ނާޅާ ބާރު ސްޕީޑުގައި ދުއްވާފައިވާ ތަނެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް"ގައި ވިދާޅުވީ، އެ ދެ މީހުން މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ހިދުމަތަކަށް ވާނެ،" ޝިފާން ވިދާޅުވެފައިވެ އެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރު ކުރާއިރު ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެކެވެ.