Roadha Mihaaru
އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރުގެ ހިދުމަތް

އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

10 މެއި 2024

ހުޅުމާލެ 1 ގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލެ 1 ގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި އެވެ.

މި ފިހާރައިން މީގެ ކުރިން ހިދުމަތް ދެމުން އައީ ރޭގަނޑު 10 ޖެހުމާ ހަމައަށެވެ.

ނަމަވެސް އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ސްމާޓް ސްޓޯރު ހުޅުވިއިރު ވެސް 24 ގަޑިއިރަށް ހިދުމަތް ދިނުމުގެ ވިސްނުން ގެންގުޅުނު ކަމަށެވެ. އެކަން ލަސްވީ އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ހިދުމަތް ދެނީ ރާއްޖެ އަށް މުޅިން އާ ޓެކްނޮލަޖީގެ ނިޒާމަކުން ކަމަށް ވާތީ ކަންކަން ހިނގާ ގޮތް ރަނގަޅަށް ބެލުމަށެވެ.

އޮފިޝަލް ވިދާޅުވީ 24 ގަޑިއިރަށް މިހާރު ހިދުމަތް ބަދަލުކުރީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.

އެސްޓީއޯ ސްމާޓް ސްޓޯރަކީ އާޓިފިޝަން އިންޓެލިޖެންސާއި އައިއޯޓީ ސެންސާސް އާއި ޑޭޓާ ސައިންސް ބޭނުންކޮށް ފުލީ އޮޓޮނޮމަސް ކޮށް އޮޕަރޭޓު ކުރާ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ފިހާރަ އެވެ. އެސްޓީއޯ ސްމާޓް ފިހާރަ އަށް ވަދެވޭނީ އެކަމަށް ހާއްސަ އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ޝޮޕް" އެޕްލިކޭޝަން ޑައުންލޯޑްކޮށް، އެ އެޕްލިކޭޝަނުގައި ރަޖިސްޓަރީ ވުމަށް ފަހު އެވެ. މި އެޕަށް ރަޖިސްޓަރީ ވާއިރު ކޭޝް ކާޑުގެ މައުލޫމާތު ވެސް ހިމަނަން ޖެހޭނެ އެވެ.

އެސްޓީއޯ ސްމާޓް ސްޓޯރު 24 ހުޅުވުމަށް ނިންމުމަށް ފަހު ކުރި ޕޯސްޓު.

އެ އެޕްލިކޭޝަން މެދުވެރިކޮށް، އެޕްލިކޭޝަންގެ ހޯމް ސްކްރީނުގެ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ފިހާރަ އަށް ވަދެވޭނެ އެވެ. އަދި ފޭސް ރިކޮގްނިޝަން ބޭނުން ކޮށްގެން ވެސް ފިހާރަ އަށް ވަދެވޭނެ އެވެ. ފިހާރައިގެ ހަަރުގަނޑުތަކުގައި ހުންނަ ތަކެތި ނަގާ ވަރަކުން، އެޕްލިކޭޝަންގައި އިންނަ ކާޓަށް ތަކެތި އެޅޭނެ އެވެ.

ވިޔަފާރި ކުރަން އެއް ފަހަރާ ވަދެވޭނީ އަށް މީހުންނަށެވެ. ފިހާރަ އަށް ވަނުމަށް ސްކޭން ކުރަން ޖެހުނު ނަމަވެސް، އެކީގައި ވިޔަފާރި ކުރަން ވަންނަ މީހުންނަށް ސެކިއުރިޓީގެ އެހީގައި ފިހާރަ އަށް ވަދެވޭނެ އެވެ.

މި ފިހާރައިން އާއްމުކޮށް ބޭނުން ކުރާ ޒަރޫރީ ތަކެއްޗާއި ކާބޯތަކެތި ލިބެން ހުރެ އވެެ.