Roadha Mihaaru
ހުޅުމާލެ 2 ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ

ރޯދައަށް ހުޅުމާލެ 2 ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ

21 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ 2 ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރޯދަމަހަށް ހުޅުމާލެ 2 ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ހުޅުމާލެ 2 ގައި ފިހާރައެއް ހުޅުވަން ނިންމީ ރަނގަޅު އަގުތަކެއްގައި އެއްތަނަކުން ކާބޯތަކެތި ލިބޭނެ ގޮތް ފަހިކޮށްދީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމަށް މާލެއަށް އަންނަން ޖެހޭ އައުން ހުއްޓުމަކަށް ގެނެއުމަށެވެ. އަދި ރޯދަ މަސް ގާތްވަމުން އަންނައިރު، ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތީގެ އަގުތައް ބޮޑުވެ ދާނެ ކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ލިބި، މިހާރު ވެސް ތަކެތި އަގު ބޮޑުކަމުގެ ޝަކުވާ ލިބޭ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ފިހާރައިގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ފިހާރަ ހަދާ ސައިޓުގައި. -- ފޮޓޯ: އެސްޓީއޯ

ފިހާރައިގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ފިހާރަ ހަދާ ސައިޓުގައި. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނީ މިވަގުތު ހުޅުމާލޭގަ ހުރި ހަމައެކަނި ފިހާރަ ވެސް އަޕްގްރޭޑިން މަސައްކަތްތަކަކަށް ބަންދުކޮށްފައި ހުރުމުން، އެ ކުންފުނީގެ ފިހާރައެއް ހުޅުވުމަށް ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން އެދޭ ކަމަށެވެ.

ހުޅުމާލެ 2 ގައި އެސްޓީއޯގެ ފިހާރަ ހުޅުވަނީ ވިނަރެސް ފްލެޓް ތިރީގަ އެވެ.

އެ ފިހާރައިގެ އެތެރެ ހުންނާނެ ގޮތުގެ ކުރެހުމެއް. -- ފޮޓޯ: އެސްޓީއޯ

އެ ފިހާރައިގެ އެތެރެ ހުންނާނެ ގޮތުގެ ކުރެހުމެއް. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނި ގޮތުގަ އެ ފިހާރަ ހުޅުވުމުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރަމުން އަންނަ ކަމަށާއި، މާޗު މަހުގެ ނިޔަލަށް ފިހާރަ ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ފިހާރައިން އެސްޓީއޯއިން އާއްމުކޮށް އެތެރެކުރާ ބާވަތްތައް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ހިމެނެ އެވެ. އެ ފިހާރަ އަކީ ހޯލްސޭލް އަދި ރީޓެިލް ކޮށް ތަކެތި ލިބެން ހުންނާނެ ފިހާރައެކެވެ.