Roadha Mihaaru
ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލް ކުރަނީ

މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމަކަށް މަސައްކަތް ކުރިއަށް އެބަދޭ: ރާފިއު

06 މެއި 2024

ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށައި ބާރު ސްޕީޑްގައި އެ ކަން ކުރިއަށް ގެންދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށައި ބާރު ސްޕީޑްގައި އެ ކަން ކުރިއަށް ގެންދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަތިވެރި ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން ޒަރީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ފުޓްބޯޅަ އާއި ރާއްޖޭގެ އެހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާނެ ދުރު ރާސްތާ ޕޭލޭނެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރުތަކުގެ ކުރިއެރުން މަޑުޖެހި އަނެއްބައި ފަހަރު ކުރިއަރައި އެކި ފަހަރު އެކި ގޮތްގޮތަށް އެކަން ބަދަލުވާ ކަމަށެވެ.

އެކަން ހުއްޓުވައި ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރެވޭނީ ނިޒާމެއްގެ ދަށުން ކުޅިވަރު ކުރިއަރުވާނެ ޕްލޭނެއް ހަދައިގެން ކަމަށް ވާތީ ސަރުކާރުން ސްޕޯޓްސް ޑިވެލޮޕްމެންޓް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންގެ ދަށުން ކުރަން ޖެހޭ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާފިއު ވިދާޅުވި ގޮތުގައި، އެ ޕްލޭންގެ ދަށުން ތަފްސީލީ މަސައްކަތުގެ ތެރެއިން ދަނޑުތައް ވަކި ފެންވަރަކަށް ގެނައުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.--- ފޮޓޯ: މަޖިލިސް

ސްޕޯޓްސް މިނިސްޓަރު ރާފިއު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.--- ފޮޓޯ: މަޖިލިސް

"ދަނޑުތައް ކޮން ފެންވަރަކަށް ހަދައިގެން ތޯ، ކުޅިވަރުގެ ހަބުތައް ކޮންތަންތާކުތޯ އަޅުގަނޑުމެން ބަހައްޓާނީ؟ އިންޓަނޭޝަނަލް މުބާރާތްތައް ކުޅެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟ ކޮން ދިމާއެއްގަ ތޯ އެކަން ހަދާނީ އަދި އިތުރަށް ފުޓްބޯޅަ ކުރިއަރުވަން އެ ޓްރޭނިންތައް [ޑިވެލޮޕްމެންޓް ޕްލޭންތައް] ގެންދާނެ ގޮތުގެ ޕްލޭނެއް މުޅި ރާއްޖެ ހިމެނޭގޮތަށް އަޅުގަނޑުމެން ގެންދާނީ ކިހިނެއްތޯ؟،" އެ ޕްލޭން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ރާފިއު ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި މިހާރު މި ވަނީ އޭގެ ފްރޭމްވޯކެއް ހަދާފައި، އެކަން އެގްޒެކިއުޓް ކުރަން. އެކަން ކުރިއަށް ގެންދަން ބޭނުންވާ ތަފުސީލީ މަސައްކަތްތައް އެ އެސޯސިއޭޝަންތަކާ ވާހަކަ ދެއްކެވިގެން މިހާރު ކުރިއަށް ދަނީ."