ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފުޓްބޯޅަ ފޯރިގަދަވެގެން ދާނެ ތަން ފެންނިވަޑައިގަންނަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
03 ޖޫން 2024
ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފުޓްބޯޅަ ފޯރިގަދަވެގެން ދާނެ ތަން ފެންނިވަޑައިގަންނަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މި މަހު 14 ގައި ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕީއެސްއެމްގެ ކަވަރޭޖް ލޯންޗުކުރުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރާފިއު، ރޭ ވިދާޅުވީ ފުޓްބޯޅަ ހިމެނޭ ގޮތަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް އޮތްތަނުގައި އުޖާލާ ވެގެންދާނެ މަންޒަރު އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ކުޅިވަރު، އަދި ހަމަ ފުޓްބޯޅަ ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑަށް ފެންނަނީ ހަމަ ވަރަށް އުޖާލާކޮށް އިތުރަށް ފޯރިގަދަވެގެން ދާނެ ކަމަށް،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ރާއްޖެ ހިމެނޭ ގޮތަށް، ކުޅިވަރުތައް އާލާކޮށް ދިރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެކަމުގައި ރައީސާއި މުޅި ސަރުކާރު ދެމުންގެންދާ އެއްބާރުލުން ފާހަގަ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ މަހު، ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން، މަޖިލީހުގެ ތަޅުމަށް ވަޑައިގެން ރާފިއު ވިދާޅުވީ ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށައި ބާރު ސްޕީޑްގައި އެ ކަން ކުރިއަށް ގެންދާ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލާތާ މެދު، ރައީސް ޑރ، މުއިއްޒު ވެސް މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ ފުޓްބޯޅައިގައި ސަރައްދީ ފެންވަރުގައި ވެސް މީގެ ކުރިން ރާއްޖެ ނުދާހާ ދަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
"ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅަ އަށް (އެކަނި) ނަޒަރު ހިންގައިލާއިރު ވެސް، ސަރަޙައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ،" ރައީސް ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި
މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކުރާތީ ނުރުހުން
އެފްއޭއެމްގެ ދަރަންޏާ މެދު ކުންފުނިތަކާއެކު މަޝްވަރާއަށް
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
އިންޓަގެ އެހީގައި ފ. އަތޮޅުގެ ކޯޗުން ތަމްރީނު ކުރަނީ
ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލް ކުރަނީ
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
ކްލަބްތަކަށް ސަރުކާރުން ނުވަ މިލިއަން ރުފިޔާ ދީފި
"ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން"