Roadha Mihaaru
ޓޫރިސްޓުންގެ ދެ ޕަސެންޓް ދަނީ ކާނި ހޮޓަލަށް

ރާއްޖެ އަންނަ ޓޫރިސްޓުންގެ ދެ ޕަސެންޓް ކާނި ހޮޓަލަށް

05 މެއި 2024

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ކާނި ހޮޓެލްސް އަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ދެ ޕަސެންޓު ގޮސް، ހަތަރު މަހުން 4.1 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ކާނި ހޮޓެލްސް އަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ދެ ޕަސެންޓު ގޮސް، ހަތަރު މަހުން 4.1 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ކާނީގެ ހަތަރު ހޮޓަލަށް 16،900 ޓޫރިސްޓުން މިދިޔަ ތިން މަހު އައެވެ. މިދިޔަ ހަތަރު މަހު ރާއްޖެ އަށް ޒިޔާރަތް ކުރީ 772،651 ޓޫރިސްޓުންނެވެ. އެހެންވެ، ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ 2.2 ޕަސެންޓު ގޮސްފައިވަނީ ކާނި ހޮޓަލަށެވެ.

ކާނި ހޮޓާގެ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައީ ކާނީ ޕާމް ބީޗަށެވެ. އެ ގެސްޓްހައުސް އަށް 9،784 ޓޫރިސްޓުން ދިޔައިރު ކާނޮ ގްރޭންޑް ސީވިއު އަށް 4،313 ޓޫރިސްޓުން ދިޔަ އެވެ. ކާނި ބީޗަށް 1،672 ޓޫރިސްޓުން ދިޔައިރު ކާނި ވިލެޖަށް 1،172 ޓޫރިސްޓުން ދިޔަ އެވެ. .

ކާނި ހޮޓާ. އެ ހޮޓަލުގެ ދަށުން ހަތަރު ގެސްޓްހައުސް ހިންގާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ކާނި ހޮޓާ. އެ ހޮޓަލުގެ ދަށުން ހަތަރު ގެސްޓްހައުސް ހިންގާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ 1،182 ފެސިލިޓީ އެބަހުއްޓެވެ. އެހެންވެ، ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 2.2 ޕަސެންޓް، އެއް ހޮޓެލް ޗެއިންއަކުން ހިއްސާވުމަކީ ވަރަށް ބޮޑު ބޮޑު ކާމިޔާބެކެވެ.

ކާނީގެ ހަތަރު ހޮޓަލުގައި 490 އެނދު ހުންނަ އިރު އެ ހޮޓަލުގެ ދަށުން އއ. އުކުޅަހުގައި އަންނަނީ 350 އެނދުގެ ހޮޓަލެއް އަޅަމުންނެވެ.

ކާނި ހޮޓެލްސްގެ ޗެއާމަން އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، އަންނަ އަހަރު ކާނީގެ ދަށުން ހިންގާ ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީ 940 އަށް އަރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެހާ ބޮޑު ކާމިޔާބީއެއް ލިބުނީ ދުނިޔޭގެ އެންމެ ބޮޑެތި ޓްރެވަލް ފެއާތަކުގައި ބައިވެރިވެ، ހޮޓާ އިޝްތިހާރު ކުރާތީ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ހުރިހާ ފެއާތަކެއްގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވި އެވެ.