21 ފެބުރުއަރީ 2017
މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ މަސަކްކަތްތަކަަށް ލޯބިކުރާ މީހުންނަށް މި ވެސް ކަމުހިނގައި ދާނެ އެވެ.
މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ މަސަކްކަތްތަކަަށް ލޯބިކުރާ މީހުންނަށް މި ވެސް ކަމުހިނގައި ދާނެ އެވެ.
މިއީ ދެ މިނިޓެއްހާ އިރުގެ ކުރު ފިލްމެކޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު މިއީ ވިޔަފާރިއަކަށް ހެދި އެއްޗެއް ނޫނެވެ. އާންމުން ހޭލުންތެރިކަން އުފެއްދުމަށް ތައްޔާރުކޮށްފައިވާ ސްޕޮޓެކެވެ. މިއީ އޭގެ ފުރަތަމަ އެއްޗެވެ.
މިއީ ގެވެށި އަނިޔާއާ ދެކޮޅަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން އަލަށް ފަށާ ކެމްޕޭން "މިކަން ހުއްޓުވާނީ އަހަރެން" އަށް ޓެޑްގެ އެޓާނަލް ޕިކްޗާސް އިން ހަދާފައިވާ އެއްޗެކެވެ. ބެލުންތެރިންނަށް މިހާރު ވަނީ މި ޔޫޓިއުބް މެދުވެރިކޮށް ދައްކާލައިފަ އެވެ.
މިއީ "މިކަން ހުއްޓުވާނީ އަހަރެން" ކެމްޕޭނަށް ޓެޑް ހެދި ފުރަތަމަ އުފެއްދުމެވެ. މީގައި ކިޔައިދެނީ ހަމަ ބޮޑު ވާހަކައެކެވެ.
ކުޑަކުޑަ އާއިލާއެއްގެ ތެރެއިން ބައްޕައެއްގެ ފަރާތުން ދަރިއަކަށް ލިބެމުންދާ ގެވެށި އަނިޔާގެ ހާދިސާތަކެކެވެ. އަދި ފަރުދީ ޒިންމާގެ ތެރެއިން ވެސް އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރެވިދާނެ ކަމެވެ.
މިފަދަ މައްސަލަތައް މިހާރު ދިވެހި މުޖުތަމައުގެ ތެރޭގައި ވަަރަށް އާންމެވެ. އެކަމަކު އެއީ އަޅާނުލައި ދޫކޮށްލައިގެން ތިބެންޖެހޭ ވަރުގެ މައްސަލައެއް ނޫނެވެ. ހޭލުންތެރިކަން އުފައްދަން ޖެހެނީ މިފަދަ ކަންކަމުގައި ހުރި ސީރިއަސްކަމާ ހެދި އެވެ.
އެފްޕީއޭގެ ކެމްޕޭން ""މިކަން ހުއްޓުވާނީ އަހަރެން" އިން ވެެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.
"ދެރިޔާ" ގެ ޑައިރެކްޓަރު ޓެޑްރީ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން، ކޮރަޕްޝަނަށް ހޭލުންތެރިކަން އުފެއްދުމަށް ޑްރާމާ ސިލްސިލާއެއް ވެސް ގެނެސް ދީފަ އެވެ. އެއީ "ބިތުފަންގި 2" އެވެ.
ޓެޑް މިހާރު ވަނީ އޭނާގެ ދެވަނަ ފީޗާ ފިލްމް ވެސް އިއުލާންކޮށްފަ އެވެ. އެއީ އަންނަ އަހަރު ރިލީޒް ކުރާ "ލަސްވިޔަސް" އެވެ. އޭގެ ޓީޒާ ވެސް ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.
ގެވެށި އަނިޔާއާ ދެކޮޅަށް މަހާސިންތާއެއް ފަށައިފި
ޓެޑްރީގެ "ލަސްވިޔަސް" ޕްރިމިއާ ކޮށްފި
މި ފޮޓޯތަކުން 30 އަހަރު ކުރީގެ ހަނދާންތައް
ގެވެށިއަނިޔާގެ 57 މައްސަލަ، އަދި ދައުވާއެއް ނުކުރޭ
ގިނަ އަހަރުތަކަކަށް ފަހު ރީކޯ މޫސަ، ޓެޑްރީގެ ފިލްމުން
ގެވެށި އަނިޔާ ހުއްޓުވުމުގެ ސިޔާސަތަށް ހިޔާލު ހޯދަނީ
ޓެޑްރީގެ "ލަސްވިޔަސް"ގެ މަންޒަރުތަކެއް ކަމަދޫގައި
ބައިވެރިޔާ އަނިޔާކޮށްގެން 200 އަށްވުރެ ގިނަ މައްސަލަ
"ދެރިޔާ"ގެ ދެވަނަ ބަޔަށް މުހައިމިން ތައްޔާރުވަނީ
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟