01 ނޮވެމްބަރ 2022
މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ އާ ފިލްމުގައި ރީކޯ މޫސާ މަނިކު ކުޅެނީ ވަރަށް ހާއްސަ ރޯލެކެވެ. އެއީ މަޝްހޫރު އެކްޓަރު، ކޮއްޔަ ހަސަން މަނިކު ކުޅޭގޮތަށް އޮތް ރޯލެކެވެ. ނަމަވެސް، ހަސަން މަނިކު މިދިޔަ އަހަރު ނިޔާވުމުން، މޫސަ އެ ރޯލު ކުޅެން ބޭނުންވީ އެވެ. ހަސަން މަނިކާއި މޫސަ އަކީ ޒަމާންވީ ގާތް އެކުވެރިންނަށް ވެފައި، އެ ރަހުމަތްތެރިކަމަށް އިހުތިރާމުކުރުމުގެ ގޮތުން މޫސަ އެ ރޯލު ކުޅެން ނިންމީ އެވެ. ޓެޑްރީ ވެސް ބޭނުންވީ އެގޮތެވެ.
މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ އާ ފިލްމުގައި ރީކޯ މޫސާ މަނިކު ކުޅެނީ ވަރަށް ހާއްސަ ރޯލެކެވެ. އެއީ މަޝްހޫރު އެކްޓަރު، ކޮއްޔަ ހަސަން މަނިކު ކުޅޭގޮތަށް އޮތް ރޯލެކެވެ. ނަމަވެސް، ހަސަން މަނިކު މިދިޔަ އަހަރު ނިޔާވުމުން، މޫސަ އެ ރޯލު ކުޅެން ބޭނުންވީ އެވެ. ހަސަން މަނިކާއި މޫސަ އަކީ ޒަމާންވީ ގާތް އެކުވެރިންނަށް ވެފައި، އެ ރަހުމަތްތެރިކަމަށް އިހުތިރާމުކުރުމުގެ ގޮތުން މޫސަ އެ ރޯލު ކުޅެން ނިންމީ އެވެ. ޓެޑްރީ ވެސް ބޭނުންވީ އެގޮތެވެ.
"ހުސެއިނިކު ނިޔާވުމުން ގުޅިގެން އަޅުގަނޑު ޓެޑްރީ ގާތުގައި ބުނީ އެ ރޯލު ކުޅެން ބޭނުމޭ. އަޅުގަނޑު އަމިއްލަ އަށް އެދުނީ، ޓެޑްރީ ވެސް ހުރީ އެކަމަށް ބޭނުންވެފައި، އެހެންވީމަ. އެ ރޯލު އެއްކޮށް އަޅުގަނޑު ކުޅެނީ،" ޓެޑްރީގެ ފިލްމު 'ލަސްވިޔަސް'ގައި ކުޅޭ ރޯލާ ބެހޭ ގޮތުން މޫސަ ބުންޏެވެ.
ސިޔާސީ ދާއިރާގައި ވަރަށް އިސްކޮށް ހުރުމަށް ފަހު، މިހާރު ވިޔަފާރީގެ ދާއިރާގައި އުޅޭ މޫސަ ބުނި ގޮތުގައި، އެ ފިލްމުގައި އޭނާ ކުޅެނީ ވަރަށް ހާއްސަ އަދި މުހިންމު ރޯލެކެވެ.
ރީކޯ މޫސާ މަނިކު: ގިނަ ދުވަސްތަކަކަށް ފަހު އޭނާ މިހާރު އަންނަނީ ފިލްމެއްގައި މަސައްކަތްކުރަމުން.
އެހާ ގިނަ ދުވަސްފަހުން ފިލްމެއް ކުޅޭތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން މޫސަ ބުނީ އޭނާ ފިލްމީ ދާއިރާއާ ދުވަހަކު ވެސް ވަކިނުވާ ކަމަށެވެ. ފިލްމު ކުޅުމާއި މިއުޒިކް ކުޅުމާ އަދި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ އެހެން ކަންކަމާ ވަކިވާން އެއްއިރަކު ވެސް ވިސްނާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"އެއްއިރެއްގައި ވެސް ފިލްމު ނުކުޅެއެއް ނުހުންނަން. ވަގުތުވާ ވަރަކުން، އެންމެން ގާތުގައި ވެސް ބުނެފައި އޮންނާނީ ކުޅޭނެ ރޯލެއް އޮވެއްޖެއްޔާ ބުނަން،" މޫސަ ވިދާޅުވި އެވެ.
މޫސަ ބުނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ މިހާރު އޮތީ ވަރަށް ހާލުގައި ކަމަށެވެ. މި ދާއިރާ އަށް އޭނާ ނުކުތްއިރު ވެސް އޮތީ ވަރަށް ހާލުގައި ކަމަށާއި އެކަމަކު އޭރު ބަޔަކު ކުރި ބުރަ މަސައްކަތުން މި ދާއިރާ ކުރިއެރުވި ކަމަށް އޭނާ ބުންޏެވެ. މާލީ ދަތިތަކާއި ދިމާކުރުންތަކުގެ ސަބަބުން މިހާރު މި ދާއިރާ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށް އޭނާ ދެކެ އެވެ. ފިލްމީ ދާއިރާ އަށް އަނެއްކާ ވެސް އާރޯކަމެއް ގެންނަން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ރާއްޖޭގައި އެބަހުރި ވަރަށް ބައިވަރު އިޖުތިމާއީ އެކިއެކި މައްސަލަތައް ފިލްމާއި ޑްރާމާގެ ޒަރިއްޔާއިން ހައްލުކުރެވިދާނެ،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރި މޫސަ ބުންޏެވެ.
"ލަސްވިޔަސް"ގެ ކާސްޓުންނާއި ކްރޫއިން ބ. ކަމަދޫގައި ޝޫޓިން ނިންމާލުމަށްފަހު --- ފޮޓޯ : ޓެޑްރީ
"ހުރިހާ ދިމާލަކުން ވެސް މިހާރު މި ފެންނަނީ ނުތަނަސްކަން. މީހުންގެ ހާސްކަން ފިލާނެ އެއްވެސް ކަހަލަ ކަމެއް ނެތް. އެހެންވެ އެބަޖެހޭ ރާއްޖޭގެ ފިލްމީ ދާއިރާ އަލުން ކުރިއަރުވަން."
ޓެޑްރީ ބުނި ގޮތުގައި އޭނާ ރީކޯއާ އެކު އެންމެފަހުން މަސައްކަތްކުރީ 1994 ގައި އޭނާ ޑައިރެކްޓުކޮށް ގެނެސްދިން "ދެރިޔާ"ގަ އެވެ.
"އެންމެ އުފާވަނީ، މޫސަ ތަމްސީލްކުރި ރޯލަކީ ކުރިން މަރުހޫމް ކޮއްޔަ ހަސަން މަނިކު އަދާކުރަން އޮތް ރޯލެއް. މޫސަ އާއި ހަސަން އަކީ ވަރަށް ގާތް އެކުވެރި ރަހުމަތްތެރިން،" ޓެޑްރީ ބުންޏެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޓެޑްރީ އެނބުރި ޑައިރެކްޝަނަށް އަންނަ "ލަސްވިޔަސް"ގައި، މިދިޔަ އޮގަސްޓް މަހު ނިޔާވި މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަންގެ ހާއްސަ ފެނިލުމެއް ވެސް ހިމެނެ އެވެ.
Kithamme #lasviyas finally I got the chance to work with her??
— TEDRY⚫️⚪️ (@tedry) July 6, 2022
I have tailor-made this role for her, but I never thought it would become a reality as she lives abroad.
I must admit that many such positive things has happened unexpectedly in the past few months ?? pic.twitter.com/XwtK3UnKcA
ކުރީގެ މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމް ފިލްމީ ދާއިރާ އަށް ނެރޭ "ލަސްވިޔަސް" އެންމެ ފުރަތަމަ އިއުލާންކުރީ 2017 ގަ އެވެ. އެއަށް ފަހު އެ އަހަރު ފިލްމުގެ ޓީޒާއެއް ދައްކާލުމަށް ފަހު ފިލްމުގެ މާ ގިނަ ވާހަކަތަކެއް ނުދެކެވެ އެވެ. ބާރު ސްޕީޑުގައި އެ ފިލްމުގެ މަސައްކަތް ފެށި މި އަހަރެވެ. މިހާރު އެ ފިލްމުގެ ވަރަށް ބޮޑުބައި އޮތީ ނިމިފަ އެވެ.
އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެންނަނީ އެކްޓަރު އަހްމަދު އީސާ (އާނަންދު)، ވާޝިޔާ މުހައްމަދު، އަލީ އާސިމް، ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) އަދި މަރްޔަމް ޝިފާ (މަރްޔަމް ޝިފް) އެވެ.
ޓެޑްރީގެ އިޓާނަލް ޕިކްޗާސްގެ މި ފިލްމަކީ އޭނާގެ އަމިއްލަ ވާހަކައަކަށް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ސިނަމާގައި ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.
ޓެޑްރީގެ "ލަސްވިޔަސް" ޕްރިމިއާ ކޮށްފި
މި ފޮޓޯތަކުން 30 އަހަރު ކުރީގެ ހަނދާންތައް
އީސަގެ ޑައިރެކްޝަނުން ފަސް ހޮވުމެއް
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
"ދެރިޔާ"ގެ ދެވަނަ ބަޔަށް މުހައިމިން ތައްޔާރުވަނީ
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
"ހަތަރު އުދަރެސް" ބައިސްކޯފަށް
ރީކޯ މޫސަގެ ކެރިއަރުން ފަސް ފިލްމެއް
ޓެޑްރީ އާއި މުހައިމިންގެ "ދެރިޔާ" ކާމިޔާބުވީ ކީއްވެ؟
"ރޮބޯމޭން" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި