ކުދިކުދި ރޯލުތަކުން ފަށައިގެން އައިސް ވާޝިޔާ މުހައްމަދު މިއަދު އެ ވަނީ ފިލްމީ ދާއިރާގައި އަބަދުވެސް ތައުރީފު އޮހޭނެ ހުނަރަކަށް ބަދަލުވެފަ އެވެ. އެކަމަކު 'ހުވާކޮށްފާ ބުނަން ހެއްޔެވެ'. މި މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ޓިކެޓް ވިއްކަމުން އަންނަ ދިވެހި ފިލްމު 'އަބަދަށް' މިއީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ބޮޑު ތަޖުރިބާ އެވެ. އޭނާގެ އެންމެ ބޮޑު ފިލްމެވެ.
ކުދިކުދި ރޯލުތަކުން ފަށައިގެން އައިސް ވާޝިޔާ މުހައްމަދު މިއަދު އެ ވަނީ ފިލްމީ ދާއިރާގައި އަބަދުވެސް ތައުރީފު އޮހޭނެ ހުނަރަކަށް ބަދަލުވެފަ އެވެ. އެކަމަކު 'ހުވާކޮށްފާ ބުނަން ހެއްޔެވެ'. މި މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ޓިކެޓް ވިއްކަމުން އަންނަ ދިވެހި ފިލްމު 'އަބަދަށް' މިއީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ބޮޑު ތަޖުރިބާ އެވެ. އޭނާގެ އެންމެ ބޮޑު ފިލްމެވެ.
ނަމަވެސް މިއީ އަދި ވާޝިޔާ އަށް މި ފިލްމު އެންމެ ހާއްސަވާ ސަބަބެއް ނޫނެވެ. މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ތަޖުރިބާ 'ހިތުން ފިލައިގެން ނުދާނެ' ވަރުގެ ދަތުރަކަށް ބަދަލުވި ގޮތް ވާޝިޔާ ކިޔައި ދިނީ ވަރަށް ކުރުކޮށެވެ.
"ކުރުކޮށް ބުނަނީ ނަމަ އަބަދަށް ސޭވްޑް މީ. ބިކޯޒް އައި ނީޑެޑް ދިސް މޫވީ މޯ ދެން ދަ މޫވީ ނީޑެޑް މީ،" އޭނާ ބުނީ މިހެންނެވެ.
"މި ފިލްމުން ފުރުސަތު ލިބިގެން އޭގެ މަސައްކަތުގައި އުޅުނު ދުވަސްތަކަކީ (އަމިއްލަ ދިރިއުޅުމުގައި) މެންޓަލީ އަދި ފިޒިކަލީ ގޮތުން ވެސް ދަތި ދުވަސްތަކެއް. މި ފިލްމަކީ އަޅުގަނޑުގެ އަމިއްލަ ޕާސަނަލް ލައިފްގައި އައި އެ ދަތި އުނދަގޫ ދުވަސްތަކުގެ ތެރެއިން ސަލާމަތްވުމަށް އެހީތެރިވި ފިލްމެއް."
އާޓްސް އާއި ސިނަމާގެ ހަގީގީ ބާރަކީ ވެސް އެއީ އެވެ. އަދި ވާޝިޔާ ބުނަނީ އޭނާގެ މި ފިލްމުގެ ތަޖުރިބާ، ފިލްމު ބަލަން ދާ ކޮންމެ މީހަކަށް ވެސް އިހުސާސް ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ސަބަބަކީ މި ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު ދެ ވަނަ ފިލްމެއް އޭނާގެ ބެލްޓުގައި ނެތީމަ އެވެ.
ތިރީގައި މި އޮތީ މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމު 'އަބަދަށް' ގެ ތަޖުރިބާއާ ބެހޭ ގޮތުން 'މިހާރު' އަށް ވާޝިޔާ ދިން ހާއްސަ އިންޓަވިއުއެކެވެ.
ފިލްމު "އަބަދަށް"ގެ ލީޑު އެކްތްރެސް ވާޝިއާ މުހައްމަދު.-- ފޮޓޯ: ނޫރް މޫވީސް
ވާޝިޔާ: އެންމެ ފުރަތަމަ ފިލްމުގެ ސްކްރިޕްޓް ކިޔާލިއިރު ވެސް ތަފާތުކަން ފާހަގަވި. ބައިވަރު ސިފަތަކާ އެކު އިޖުތިމާއީ މައްސަލަތަކެއް ފާހަގަކުރެވުނު. އެކަނިވެރިމަޔަކާއި އޭނަގެ ދަރިފުޅު މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުން ގެންދާތަން ފެނިގެން ދިޔައީ ކިޔާލީމަ. ވަރަށް ގިނަ ބަޔަކާ ގޮސް ގުޅޭ ވާހަކަ އަކާއި އިހުސާސްތަކެއް މިއީ. އެހެންވީމަ ފުރަތަމަ ކިޔާލި ހިސާބުން ވެސް އެ ކެރެކްޓާ ކުޅެން ވަރަށް ބޮޑަށް ބޭނުންވެއްޖެ.
އަނެއްކޮޅުން މޫމިން ލިޔެފައި ހުންނަ ސްކްރިޕްޓްތައް ގެނެސްދީފައި ހުންނަނީ ވަރަށް ތަފާތުކޮށް. އަދި ލޫދިފާގެ ފަހުން މޫމިން ގެނެސްދޭ ބޮޑު ފިލްމަކަށް ވީމަ ސްކްރިޕްޓަކާ މެދަކު އެއްވެސް ޝައްކެއް ނެތް. އަޅުގަނޑު ބެލީ އަޅުގަނޑުގެ ބެސްޓް ސްކްރީނަށް ގެނެސްދޭނެ.
ވާޝިޔާ: އާނ. މި ކެރެކްޓާ ކުޅެން ބެލިއިރު އެކަންވީ ވަރަށް ވަރުގަދަ ކަމަކަށް. އިޓް ޑިމާންޑެޑް އަ ލޮޓް. ސަބަބަކީ މި ކެރެކްޓާގެ ސިފަތަކަކީ އެއްގޮތަކަށް ވެސް އަޅުގަނޑުގެ ކިބައިގައިވީ ސިފަތަކެއް ނޫން. އަނެއްކޮޅުން މި ފިލްމުގައި މަސައްކަތްކުރަން ޖެހުނީ މެންޓަލީ އަދި ފިޒިކަލީ ވެސް އަޅުގަނޑު އެހާ ރަނގަޅު ދުވަސްކޮޅެއްގައެއް ނޫން. އެހެންވީމަ ވަރަށް ގަދަ އަށް މަސައްކަތްކުރަން ޖެހުނު.
ފިލްމުގެ ޑައިރެކްޓާއި އެކްޓަރު އިސްމާއިލް ރަޝީދު އަދި ކްރޫގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. މިސާލަކަށް ކަމެއް ނޭނގުނަސް ޑައިރެކްޓާ މަޝްވަރާކޮށް ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އޮޅުންފިލުވައިގެން މަސައްކަތްކުރީ މީގައި. އެ ކެރެކްޓާ އިތުރަށް ފުރިހަމަކުރުމަށް އަޅުގަނޑުގެ ބޮލުގައި ހުރި ހިޔާލުތައް ވެސް ޑައިރެކްޓަރަށް ކިޔައިދީގެން ވަރަށް ބޮޑަށް ޑައިރެކްޓަރުގެ އެހީތެރިކަން ލިބިގެން މި ކެރެކްޓާ އަށް އެއްކޮށް ތައްޔާރުވެވުނީ.
ވާޝިޔާ: މިހާތަނަށް ކުޅެފައި ހުރި މުޅިން ވެސް އެއް ކެރެކްޓާއަށް ވުރެ އަނެއް ކެރެކްޓާ ތަފާތު ރޯލުތަކެއް. މި ރޯލު ތަފާތު މި ވަނީ، މީގައި މި ފެންނަނީ މާލޭގައި މަންމައަކު ގޮވައިގެން އުޅެންޖެހޭ ހާލު. މި ފިލްމުގައި އަޅުގަނޑުގެ ކެރެކްޓާގެ މަންމަ ރޯލު ކުޅެފައިވާ ސޫޒަންއާ އެކު މީގެ ކުރިން އެހެން މަސައްކަތެއް ވެސް ކުރިން. އެކަމަކު އެއީ މިއާ މުޅިން ދިމާ އިދިކޮޅު ރަހަތަކެއް. އެހެންވީމަ ދެ މީހުން އެކުގައި މަސައްކަތްކޮށްފައިވިޔަސް މި މަސައްކަތްވީ އަނެއްކާވެސް އިތުރު ގޮންޖެހުމަކަށް.
މި ފިލްމުގައި އަޅުގަނޑު ކުޅެފައިވާ ރޯލަކީ މިގޮތަށް އޮންސްކްރީނުގައި އަޅުގަނޑު ކުރި ފުރަތަމަ ތަޖުރިބާ. މީގެ ކުރިން ނެތް މިކަހަލަ ކެރެކްޓާއެއް ކުޅެފައެއް.
ވާޝިޔާ: މޫމިން ފުއާދާ އެކު މަސައްކަތްކޮށްލުމަކީ ވަރަށް ގިނަ ބައެއްގެ ހުވަފެނެއް. އެކަމަކު އަލަކަށް ނޫން މޫމިންއާ އެކު މި މަސައްކަތްކުރަނީ. އެންމެ ފުރަތަމަ މޫމިންއާ އެކު މަސައްކަތްކުރީ ބައިސްކޯފުގެ ޑްރާމާ ގަމިނި ގައި. ވަރަށް ކުޑަ ރޯލެއް. އެކަމަކު އޭރު ވެސް އެނގުނު މޫމިން މަސައްކަތްކުރަނީ އާންމުކޮށް ރާއްޖޭގައި މަސައްކަތްކުރާ ޑައިރެކްޓަރުންނާ ތަފާތުކޮށްކަން.
ފުރަތަމަ ކަމަކަށް، ވަރަށް ސާފު ވިޝަންއެއް ކަނޑައަޅައިގެން މޫމިން މަސައްކަތް ފަށަނީ ވެސް. ދެން ފިލްމެއް ނަގަން ޖެހޭ ތަނަކަށް ގޮސް އެޑާޕްޓްވާގޮތް. ބޭނުންވާ ސެޓް ނުލިބުނަސް ލިބުނު ސެޓަކުން އެއަށް ވުރެ މާ ރަނގަޅަށް އެކަމެއް ކުރަން އެނގުން. އެހެންވީމަ ކްރިއޭޓިވްކޮށް އެއްވެސް ވަރަކަށް ސްޓްރަގަލްކުރާކަށް ނުޖެހޭ މޫމިންގެ ޑައިރެކްޝަންގެ ދަށުގައި މަސައްކަތްކުރާއިރު. އެއްވެސް އުނދަގުލެއް ދިމާނުވޭ. ވާހަކަ ދައްކައި މަޝްވަރާކުރަން ވެސް ވަރަށް ފަސޭހަ މީހެއް. އެގޮތަށް މަޝްވަރާކުރުމަކީ އެކްޓަރެއްގެ ގޮތުގައި އަޅުގަނޑު ވެސް ތަރައްގީވާން ލިބޭ ފުރުސަތެއް. އެގޮތުން މޫމިންއާ އެކު މަސައްކަތްކުރަން ފެށިފަހުން އެކްޓަރެއްގެ ގޮތުގައި އަޅުގަނޑަށް ލިބިފައި ހުރީ ކުރިއެރުން. ދެން މިއީ އަނެއްކާވެސް ކުރިއަރައި ދަސްކުރަން ލިބުނު ފުރުސަތެއް.
ވާޝިޔާ: މީގެ އެންމެ ފަހު ސީންގެ ކުރިއަށް އަންނާނެ (ވަރަށް ބޮޑު ޓްވިސްޓެއް) އެ ސީން އަކީ އަޅުގަނޑުގެ ބޮލުގައި ވަރަށް ގިނައިރު ހަރުލި ސީންއެއް. ސަބަބަކީ އެ ކެރެކްޓާ އަކާ އެއްބަހެއް ނުވެވުނު އަޅުގަނޑަކަށް. އެކަމަކު އެކްޓިން އަކީ ކެރެކްޓާގެ ހުރިހާ ކަމަކަށް ރުހުމެއް ވެސް ނޫންތާ. އެކްޓިން އަކީ އެއީ ކޮންމެ ކަހަލަ ކެރެކްޓާއަކަށް ވިޔަސް އެ ކެރެކްޓާއަށް އެކްޓަރު ބަދަލުވުންތާ. ހައިފާ ކެރެކްޓާގެ ގޮތުގައި ފިލްމުގެ އެހިސާބަށް ގޮސް ދެން އެނގި ހާމަވެގެންދާ ކަންކަމަކީ ހަނދާން ނުނެތޭނެ ކަންތަކެއް. ސަބަބަކީ ފިލްމުގައި ހައިފާގެ ކެރެކްޓާ އެ ކުރާ ކަންކަމަކީ އެއީ ހަމަ މުޅިން އަޅުގަނޑުގެ އަމިއްލަ ކިބައިގައި އެއްގޮތަކަށް ވެސް ނެތް ސިފަތަކަކަށްވީމަ. ހައިފާ އެހެން ހެދިޔަސް، އަޅުގަނޑު އެހެނެއް ނަހަދާނަން.
ފިލްމު "އަބަދަށް"ގެ ލީޑު އެކްތްރެސް ވާޝިއާ މުހައްމަދު.-- ފޮޓޯ: ނޫރް މޫވީސް
ވާޝިޔާ: މީގަ އެހާ ބައިވަރު ޑައިލޮގް ނެތަސް، މޮނޮލޮގްސް ނެތަސް. އެކްސްޕްރެޝަންސް އިން ބޮޑަށް ކެރެކްޓާ ފެނިގެންދާނީ. ދެން މޫމިންގެ ޑައިރެކްޝަންގެ ދަށުން މަސައްކަތްކުރާއިރު އެންމެ ތަންކޮޅެއް ވެސް ފަސޭހަކޮށްލާފަ ދޫކޮށެއް ނުލާ. ވަރަށް ބޮޑަށް ކިޔައިދީގެން ޑައިރެކްޓަރު އެންމެ ބޭނުންވާ ގޮތަށް އަޅުގަނޑުގެ ކެރެކްޓާ ފެނިގެންދާނީ ފިލްމުން.
އެހެންވީމަ މީގައި އަޅުގަނޑުގެ ކެރެކްޓާ ވާހަކަ ނުދައްކާ އިންނަ އިނުމަކީ ވެސް ޑައިރެކްޓަރު ބޭނުންވާ ގޮތް. މީހެއްގެ ބޮލުތެރޭގައިވާ ހިޔާލަކާ އެއްގޮތަށް އެހެން މީހަކު އެކްޓްކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. އެކަމަކު ޑައިރެކްޓަރު ހިތްހަމަޖެހެންދެން ހުންނާނެ ރީޝޫޓް ވެސް ކޮށްފަ. އެހެންވީމަ މިއީ އެކްޓަރެއްގެ ގޮތުގައި މިހާތަނަށް ކުރެވުނު އެންމެ ބުރަ މަސައްކަތް.
ވާޝިޔާ: އަބަދަށް މިއީ ތަފާތު ފިލްމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިހާރު ވަރަށް ބައިވަރު ކޮންސެޕްޓްތަކާއި އިޝޫތަކަށް ބޭސްކޮށްފަ ދިވެހި ފިލްމުތައް އެބަ އާދޭ. އެކަމަކުވެސް މި ފިލްމަކީ އަނެއްކާވެސް މީހުން ވަރަށް އެ މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ނުދައްކާ އެކަމަކު އަޅުގަނޑުމެންގެ މުޖުތަމައުގައި އޮތް ބޮޑު މައްސަލައެއް ބޮޑު ސްކްރީނަށް ގެނެސްދޭ ފިލްމެއް.
ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންނާ ރިލޭޓް ވާނެ ވަރަށް ބައިވަރު ކަންކަން މި ފިލްމުގައި އެބަހުރި. އާއިލާ މައްސަލަތަކުން ފަށައިގެން ގޮސް ކުދިބޮޑު ވަރަށް ބައިވަރު މައްސަލަތައް މި ފިލްމުން ފެނިގެންދާނެ. އަދި މި ކަންކަން ފިލްމުން ފެނިގެން އަންނައިރު މިއީ ހަމަ ރާއްޖެއޭ މިއީ ހަމަ ރާއްޖޭގައި ކަންކަން ހިނގާގޮތޭ ނުބުނާނެ ހަމަ އެކަކު ވެސް ނުހުންނާނެ.
ވާޝިޔާ: އަބަދަށް މި ފިލްމު ވާނީ އަބަދުވެސް އަޅުގަނޑަށް ވަރަށް ހާއްސަ ފިލްމަކަށް އަދި ތަޖުރިބާއަކަށް. ސަބަބަކީ މި ފިލްމު ކުޅެން އަޅުގަނޑަށް ފުރުސަތު ލިބުނު ދުވަސްކޮޅު. މި ފިލްމަކީ އަޅުގަނޑުގެ އަމިއްލަ ޕާސަނަލް ލައިފްގެ ދަތި އުނދަގޫ ދުވަސްތަކެއްގެ ތެރެއިން ސަލާމަތްވުމަށް އެހީތެރިވި ފިލްމެއް. އަނެއްކޮޅުން މި ފިލްމުގައި އަޅުގަނޑު ކުޅެފައިވާ ހައިފާގެ ކެރެކްޓާ އަކީ ވަރަށް ޕްރައުޑްވާ ކެރެކްޓާއެއް. އަދި މި ހިސާބަށް އައިސް ބަލާލީމަ ވިސްނެނީ އެ ކެރެކްޓާ ކުޅެން ލިބުމަކީ އެކްޓަރެއްގެ ގޮތުގައި ކުރިއަރައިގެން ދިޔަ ފުރުސަތެކޭ.
ދެން އަނެއްކޮޅުން މޫމިންއާ އެކު އަނެއްކާވެސް މަސައްކަތް ކޮށްލަން ލިބުމަކީ ވެސް ވަރަށް ހާއްސަ ކަމެއް. ކުރުކޮށް ބުނަނީ ނަމަ އަބަދަށް ސޭވްޑް މީ. ބިކޯޒް އައި ނީޑެޑް ދެޓް މޫވީ މޯ ދެން ދަ މޫވީ ނީޑެޑް މީ.
"ރޮބޯމޭން" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި
ރޮބޯމޭންގެ ލަވައެއް، ނާނާއެއް!
ރޮބޯމޭން ބަލަން ދާންވީ ސަބަބު: މި ދެކުދިންގެ ހުނަރު
"ރޮބޯމޭން"ގެ ޓްރެއިލާ ނެރެފި؛ ވަރަށް ޝައުގުވެރި
ސެޕްޓެމްބަރު ބަންދުގައި "ރޮބޯމޭން" އޮލިމްޕަހަށް
ނީނާ މި ހިނގަނީ އަދަމުންދާ "އަލިފާނު"ގައި
ކަޒްމިކްގެ "ޖޯޑެއްގެ ސާފު ލޯބި" ހަދާނީ އިއްލެ
"ފަރީ" ގެ ޑިޖިޓަލް ޕްރިމިއާ މިއަދު
އިއްލެގެ "ނީނާ" ގެ ޕޯސްޓަރެއް ދައްކާލައިފި
ފިލްމު ޕްރޮމޯޝަނަކަށް ކުރި ސަމާސާ ވިހަވެއްޖެ