Roadha Mihaaru
އިއްލެގެ "ނީނާ" ގެ ޕޯސްޓަރެއް ދައްކާލައިފި

އިއްލެގެ "ނީނާ" ގެ ޕޯސްޓަރެއް ދައްކާލައިފި

10 މާޗް 2021

މި އަހަރު ދިވެހި ސިނަމާ އަށް އަންނާނެ ކަމަށް ބެލެވޭ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ އައި ފިލްމްސްގެ "ނީނާ" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ދިވެހި ސިނަމާ އަށް އަންނާނެ ކަމަށް ބެލެވޭ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ އައި ފިލްމްސްގެ "ނީނާ" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ހޯމަ ދުވަހު ފާހަގަކުރި މި އަހަރުގެ އަންހެނުންގެ ދުވަހާ ދިމާކޮށް އާންމުކުރި ޕޯސްޓަރުގައި ފެންނަނީ ފިލްމުގެ ޓައިލްޓްލް ރޯލު ކުޅުނު ބަތަލާ ނުޒުހަތު ޝުއައިބެވެ. "ނީނާ" އަކީ ނުޒޫއާ އެކު 2019 ގެ "ބަވަތި" އިން ޑައިރެކްޝަނަށް ނުކުތް އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.

ލ. އަތޮޅުގައި އެއްކޮށްހެން މިދިޔަ އަހަރުގެ ކުރީކޮޅު ޝޫޓްކުރި "ނީނާ" ގެ ކާސްޓްގައި އަލަށް ތައާރަފުކުރާ ޝަރަފް އަބްދުﷲ އާއި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ އާއި މަރިޔަމް ޝަކީލާ ވެސް ހިމެނެ އެވެ. އަދި މި ތަރިންނާ އެކު ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.

Happy Women's Day

Posted by NINA the MOVIE on Monday, March 8, 2021

"ނީނާ" ގެ ޕޯސްޓަރެއް ދައްކައިލި ނަމަވެސް ރާއްޖޭގައި އަދިވެސް ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އޮލިމްޕަސް ސިނަމާގައި ފިލްމުތައް އަޅުވަން ފެށޭނެ އިރެއް ނޭނގެ އެވެ.

އޮލިމްޕަހަށް އެންމެ ފަހުން އައި ފިލްމަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު އެޅުވި އަލީ ސީޒަންގެ "އަނދިރިކަން" އެވެ.