19 ޑިސެމްބަރ 2021
"މަޒުލޫމް" ގެ ދަށުން ބައިތަކަކަށް ކުރު ފިލްމުތަކެއް ގެނެސްދިން ސްޓޫޑިއޯ ކަޒްމިކް އިންޓަނޭޝަނަލް އިން މުޅިން އަލަށް ފީޗާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
"މަޒުލޫމް" ގެ ދަށުން ބައިތަކަކަށް ކުރު ފިލްމުތަކެއް ގެނެސްދިން ސްޓޫޑިއޯ ކަޒްމިކް އިންޓަނޭޝަނަލް އިން މުޅިން އަލަށް ފީޗާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
ޕްރޮޑިއުސަރު އާސިމް އަލީގެ މި ފިލްމަކީ "ޖޯޑެއްގެ ސާފު ލޯބި" އެވެ. ފިލްމުގެ ނަން ރަޖިސްޓްރީކޮށް މިކަން އިއުލާންކުރި ނަމަވެސް އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. "ޖޯޑެއްގެ ސާފު ލޯބި" ޑައިރެކްޓްކުރާނީ ކަޒްމިކާ ގުޅިގެން "މަޒުލޫމް" ގެ ބައިތައް ގެނެސްދިނުމުގެ މޭސްތިރިއަކަށް ހުރި އައި-ފިލްމްސްގެ އިލްޔާސް ވަހީދު (އިއްލެ) އެވެ. އޭނަގެ އަލަތު ފީޗާ 2019 ގެ "ބަވަތި" އަކީ ވެސް އާސިމް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި އެއްޗެކެވެ.
ކަޒްމިކް ފުރަތަމަ ފީޗާ ފިލްމަށް "ޖޯޑެއްގެ ސާފު ލޯބި" ގެނެސްދޭ އިރު މީގެ ކާސްޓް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
އެ ސްޓޫޑިއޯ އާއި އައި ފިލްމްސް ގުޅިގެން ބައިސްކޯފަށް ގެނެސްދިން ކުރު ފިލްމުތަކަކީ "މަޒުލޫމް" އާއި "ޒައްރޫކް" ގެ އިތުރުން މިންޖު" އެވެ. މީގެ ހަތަރު ވަނަ ބައި އަދި ފަހު ބައި "ހިންތާ" ވެސް ވަރަށް އަވަހަށް ސްޓްރީމްކުރާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ކަޒްމިކްގެ "ޖޯޑެއްގެ ސާފު ލޯބި" ގެ ޑައިރެކްޝަނާ އިއްލެ ހަވާލުވި އިރު، އޭނާގެ ދެވަނަ ފީޗާ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމާފައި އޮތް ކްރައިމް ތުރިލާ "ނީނާ" އެވެ. ފިލްމު ސިނަމާ އަށް ނުގެނެވި އޮތީ ކޮވިޑާ ހެދި އޮލިމްޕަސް މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި ހުރުމާ ގުޅިގެންނެވެ. އެކަމަކު އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމުގެ އުންމީދު ވަރަށް ބޮޑެވެ. އިއްލެގެ ސައިކޮލިޖިކަލް ތުރިލާ "ބަވަތި" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ، މަގުބޫލު ފިލްމެކެވެ. އެއާ އެކު އޭނާ ވެފައި ވަނީ ބެލުންތެރިން މިހާރު ވަރަށް އިތުބާރުކުރާ ޑައިރެކްޓަރަކަށެވެ.
"ރޮބޯމޭން" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި
ރޮބޯމޭންގެ ލަވައެއް، ނާނާއެއް!
ރޮބޯމޭން ބަލަން ދާންވީ ސަބަބު: މި ދެކުދިންގެ ހުނަރު
"ރޮބޯމޭން"ގެ ޓްރެއިލާ ނެރެފި؛ ވަރަށް ޝައުގުވެރި
ސެޕްޓެމްބަރު ބަންދުގައި "ރޮބޯމޭން" އޮލިމްޕަހަށް
ނީނާ މި ހިނގަނީ އަދަމުންދާ "އަލިފާނު"ގައި
މި ފަހަރު "ދަރަކަ" ގެ ޕޯސްޓަރުތަކެއް
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
ސްކްރީން ރައިޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި
ޔޫއްޕެގެ އެ ސީރީޒްގެ ފުރަތަމަ ބަޔަކީ "ބޭބީ"