05 ޖެނުއަރީ 2022
އާ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ދަރަކަ"ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
އާ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ދަރަކަ"ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ކުރިން ވީޑިއޯ ލަވަތަކެއް ގެނެސްދިނުމަށް ފަހު، ބޮޑު މަސައްކަތެއްގެ ގޮތުގައި ގެނެސްދޭ ފުރަތަމަ ސީރީޒަކީ އަޒްހާން ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ޑްރާމާއެކެވެ. "ދަރަކަ" ގެ މައިގަނޑު ކާސްޓުންގެ ޕޯސްޓަރުތައް ދައްކާލި ނަމަވެސް، މި ސީރީޒް ސްޓްރީމް ކުރާނެ ޕްލެޓްފޯމެއް އަދިވެސް ހާމައެއްނުކުރެ އެވެ.
މި ފަހުން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސްއާ ގުޅިގެން ޝައުގުވެރި އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު އާސިމް އަލީގެ ކަޒްމިކް އިންޓަނޭޝަނަލްގެ ތައްގަނޑުގައި ގެނެސްދޭ ސީރީޒްގެ މައިގަނޑު ކާސްޓުންގެ ތެރޭގައި "ބަވަތި" އިން ތައާރަފުކުރި އިފްނާޒް ފިރާގާއި މިދިޔަ އަހަރު ބައިސްކޯފުން ގެނެސްދިން ސީރީޒް "ގަމިނި" ގެ ރޯލެއް ކުޅުނު ސޫޒަން އިބްރާހީމާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން މި ފަހުން ގިނަ އުފެއްދުންތަކުން ފެންނަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޒުވާން ތަރިން ކަމަށްވާ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި އައިޝަތު އަލީ އާއި ނަތާޝާ ޖަލީލުގެ އިތުރުން އަލީ އުސާމް (ދޮނާ) ހިމެނެ އެވެ.
ޖުމްލަ އަށް އެޕިސޯޑްގެ "ދަރަކަ" އިން ފެންނާނީ ގެއްލޭ މީހަކު ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި އެކަމުގެ އެންމެ އަޑިއަށް ފީނުމުގެ ތެރޭގައި ދިމާވާ ހާދިސާތަކެކެވެ. މީގެ ޓީޒާ ޓްރެއިލާއެއް މިދިޔަ މަހުގެ ފަހުކޮޅު އާންމުކޮށްފައިވެ އެވެ.
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
ކަޒްމިކްގެ "ޖޯޑެއްގެ ސާފު ލޯބި" ހަދާނީ އިއްލެ
"މަޒުލޫމް" ނިންމާލާނީ އައްޒަގެ "ހިންތާ" އިން
ސްކްރީން ރައިޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި
ޔޫއްޕެގެ އެ ސީރީޒްގެ ފުރަތަމަ ބަޔަކީ "ބޭބީ"
ޖުމްހޫރީ ދުވަހަށް ފުލުހުންގެ ކުރު ފިލްމެއް
ގޮޅާ އައްޔަގެ ސިލްސިލާ އަކީ "ބީވުން"
"މިންޖު" ވާނީ މި މަހުގެ 12 ގައި
"ނޫންތަ؟" ގެ ދެވަނަ ވާހަކަ ޝިޔާ އަށް ހާއްސަ
ވީޑިއޯ ލަވަތަކަށް ފަހު އަޒްހާންގެ ވެބް ސީރީޒެއް