09 ނޮވެމްބަރ 2021
ބައިސްކޯފުން މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ އާ ސީރީޒް "ނޫންތަ؟" ދެވަނަ އެޕިސޯޑެއްގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ އެޕިސޯޑް "ބިޓްސް އެންޑް ޕީސެސް" ގެ ޓީޒާއެއް އަރަމުން އަންނަ ޒުވާން ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) އާ އެކު ދައްކާލައިފި އެވެ.
ބައިސްކޯފުން މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ އާ ސީރީޒް "ނޫންތަ؟" ދެވަނަ އެޕިސޯޑެއްގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ އެޕިސޯޑް "ބިޓްސް އެންޑް ޕީސެސް" ގެ ޓީޒާއެއް އަރަމުން އަންނަ ޒުވާން ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) އާ އެކު ދައްކާލައިފި އެވެ.
އޭނަ އަކީ މި ފަހުން ދިވެހި އުފެއްދުންތަކުން އެންމެ ގިނައިން ފެންނަ އެއް މޫނެވެ. ޝިޔާ ކުޅެފައިވާ ސީރީޒްތަކުގެ ތެރޭގައި "ތިން ބިބީ" އާއި "އެހެނަސް" އާއި "މަޒްލޫމް" އާއި "ހުވާކޮށްފާ ބުނަން" ހިމެނެ އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކަޅަކި" އާއި "ހެހެސް" ހިމެނެ އެވެ.
ކޮންމެ އެޕިސޯޑަކުން ވެސް ތަފާތު ތަރިންތަކާ އެކު ތަފާތު ވާހަކައެއް ކިޔައިދޭ ގޮތަށް ގެނެސްދޭ ހަމަޖެހިފައިވާ ހަ އެޕިސޯޑްގެ "ނޫންތަ؟" ދެވަނަ އެޕިސޯޑްގެ ކާސްޓުންގެ ތެރޭގައި ބައިސްކޯފުން ގެނެސްދިން "އެހެނަސް" ސީރީޒްގެ ކާސްޓްގައި ހިމެނުނު މުހައްމަދު ވިޝާލާއި އަހުމަދު ޝާރިފްގެ އިތުރުން އަލަށް ތައާރަފުކުރާ ދެ އެކްޓަރަކު ވެސް ހިމެނެ އެވެ. އެއީ ޝިމާލު ހަމީދާއި އިބްރާހީމް ފަރުހާދެވެ.
މި ޒަމާނުގެ ޒުވާނުންގެ ލައިފް ސްޓައިލާއި އެ މީހުންގެ ހަޔާތުގެ ސޮފުހާތަކުން ބައިތަކެއް ކިޔައިދޭނެ "ނޫންތަ؟" ގެ "ބިޓްސް އެންޑް ޕީސެސް" ލިޔެ، ޑައިރެކްޓްކުރީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުމެގެން އުޅޭ ނާއިޝާ ނާޝިދު އެވެ.
"ނޫންތަ؟" އަކީ އޭނާ އާއި "އެހެނަސް" ގެ ސްކްރީން ރައިޓަރު އަދި ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު) ލިޔެ، ޑައިރެކްޓްކުރާ އެޕިސޯޑްތަކަކަށް ގެނެސްދޭނެ އެއްޗެކެވެ. މީގެ ފުރަތަމަ އެޕިސޯޑެއްގެ ގޮތުގައި ގެނެސްދޭނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އާސިމްގެ އިތުރުން އަދުމަހް ލީޑް ފެނިގެންދާ އެއްޗެކެވެ. އެ އެޕިސޯޑް ލިޔެ، ޑައިރެކްޓްކުރީ އައިކިއު އެވެ.
"ނޫންތަ؟" ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
"މަޒުލޫމް" ނިންމާލާނީ އައްޒަގެ "ހިންތާ" އިން
"މިންޖު" ވާނީ މި މަހުގެ 12 ގައި
ވީޑިއޯ ލަވަތަކަށް ފަހު އަޒްހާންގެ ވެބް ސީރީޒެއް
ތަފާތު އެއްޗަކަށް "ނޫންތަ؟" ރަނގަޅުވާނެ
އިއްލެގެ "މިންޖު" ގެ ޓްރެއިލާއެއް
މިނިވަން ދުވަހުގެ ހަދިޔާ އަކީ "މަޒްލޫމް"
މުންކޮ އާއި މަހުދީ އަށް "ގާލްފްރެންޑްސް"
ވެބް ސީރީޒް "ލޯބިވިއަސް" ބައިސްކޯފަށް
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް