Roadha Mihaaru
އިއްލެގެ "މިންޖު" ގެ ޓްރެއިލާއެއް

އިއްލެގެ "މިންޖު" ގެ ޓްރެއިލާއެއް

14 އޮކްޓޯބަރ 2021

"ބަވަތި" ގެނެސްދީގެން އާންމުންގެ ސަމާލުކަން ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ބައިތަކަކަށް ބަހާލައިގެން ގެނެސްދޭ ކުރު ފިލްމު ސީރީޒް "މަޒުލޫމް" ގެ ތިން ވަނަ ފިލްމު "މިންޖު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ބަވަތި" ގެނެސްދީގެން އާންމުންގެ ސަމާލުކަން ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ބައިތަކަކަށް ބަހާލައިގެން ގެނެސްދޭ ކުރު ފިލްމު ސީރީޒް "މަޒުލޫމް" ގެ ތިން ވަނަ ފިލްމު "މިންޖު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ރަވީ ފާރޫގާއި ބަތަލާއެއްގެ ގޮތުގައި އަލަށް ތައާރަފުކުރާ ތާތި އާދަމްގެ އިތުރުން ކުޑަ ފިރިހެން ކުއްޖަކު މުހިއްމު ރޯލްތަކުން ފެންނާނެ މި ފިލްމަކީ ގެވެށިއަނިޔާގެ ހާދިސާތަކެއް ކިޔައިދޭ އިއްލެ ލިޔެ، ޑައިރެކްޓް ކޮށްފައިވާ އެއްޗެކެވެ. "މިންޖު" ގެ ބަތަލާ ތާތި އަކީ އިއްލެ 2019 ގައި ގެނެސްދިން ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ގެ ބަތަލު އިފްނާޒް ފިރާގުގެ އަންހެނުންނެވެ.

"މިންޖު" ވެސް ބެލުންތެރިންނަށް ގެނެސްދޭނީ "މަޒްލޫމް" އާއި އޭގެ ދެވަނަ ބައި "ޒައްރޫކް" ވެސް ސްޓްރީމްކުރި ބައިސްކޯފުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އިއްލެގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ފަސް ކޮށްފައި އޮތް ކްރައިމް ތުރިލާ "ނީނާ" އެވެ. މިއީ އޭނާގެ ދެވަނަ ފީޗާ ފިލްމެވެ.