Roadha Mihaaru
މުންކޮ އާއި މަހުދީ އަށް "ގާލްފްރެންޑްސް"

މުންކޮ އާއި މަހުދީ އަށް "ގާލްފްރެންޑްސް"

21 ޖުލައި 2021

މީގެ ކުރިން ވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދީފައިވާ ވަރުގަދަ ޓީމެއް ހިއްސާވާ ގޮތަށް "ގާލްފްރެންޑްސް" ގެ ނަމުގައި ވެބް ސީރީޒްއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދީފައިވާ ވަރުގަދަ ޓީމެއް ހިއްސާވާ ގޮތަށް "ގާލްފްރެންޑްސް" ގެ ނަމުގައި ވެބް ސީރީޒްއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މީޑިއާ ނެޓްގެ ސްޓްރީމިން ޕްލެޓްފޯމް މަލްޓިސްކްރީނަށް އަންނަ މި ސީރީޒަކީ "ވާށޭ މަށާ އެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ އިތުރުން "ވިޝްކާ" ފަދަ ކާމިޔާބު ފިލްމުތަކުގެ ސްކްރީން ރައިޓަރު މަހުދީ އަހުމަދާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބައިސްކޯފްގެ ސީރިޒްތައް ކަމަށްވާ "ތިން ބިބީ" އާއި "ކަރުހަކުރު" ގެ މޭސްތިރިޔާ މުހައްމަދު މުންތަސިރު (މުންކޮ) ގެ އިތުރުން މަޝްހޫރު ކެމެރާމަން އަދި ޑައިރެކްޓަރި އިބްރާމް ވިސާން (ކަނޑި) ގުޅިގެން ގެނެސްދޭ އެއްޗެކެވެ.

މިހާރު ޓީޒާ ވެސް އާންމުކޮށްފައިވާ "ގާލްފްރެންޑް" އަކީ ކަނޑިގެ ޑައިރެކްޝަނެކެވެ. މި އަހަރުގެ ކުރީކޮޅު މަލްޓިސްކްރީނުން ޕްރީމިއާކުރި ޕޮލިޓިކަލް ތުރިލާ "މަރްޔަމް" އަކީ ވެސް ކަނޑި ޑައިރެކްޓްކުރި ފިލްމެކެވެ. "ފަތިސްހަނދުވަރު" އާއި "ހައްދު" ފަދަ އެތައް ފިލްމެއް ކެމެރާކޮށްފައިވާ ކަނޑީގެ ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި ގެނެސްދިނީ 2016 ގެ ފިލްމު "ވީ ބޭވަފާ" އެވެ.

އޭނާގެ "ގާލްފްރެންޑްސް" އަކީ މުންކޮގެ ކޮންސެޕްޓަކަށް މަހުދީ ލިޔުނު ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ. މިއީ މުޖުތަމައި ތެރެގައި މިހާރު ބޮޑެތި މައްސަލަތަކެއް، ވަކިން ހާއްސަކޮށް ކުށުގެ ހަފަރާތުގެ ބޮޑުމަންޒަރުގެ ހާދިސާތަކެއް ފެނިފެންދާނެ އެއްޗެކެވެ.

ކްރައިމް ތުރިލާ ޖޯންރާ އަށް ހެޔޮވަރުކޮށްގެން ގެނެސްދޭ "ގާލްފްރެންޑްސް" ގެ ކާސްޓްގައި މި ފަހުން ފިލްމީ ދާއިރާ އިން ފެންނަން ފެށި އާ މޫނުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އައިޝާ އަލީ، މައިހާ، އައިޝަތު ލަހުފާ އަދި އަހުމަދު ޝާރިފް ހިމެނެ އެވެ.

"ގާލްފްރެންޑްސް" އަކީ މުންކޮގެ "އިލް ނޮއިސް" އާއި އލްޔާސް ވަހީދު (އިއްލެ) ގެ "ބަވަތި" އާއި އަބްދުލް ފައްތާހްގެ "ހައްދު" ފަދަ ފިލްމުތަކުގެ ހިއްސާވި އޯކޭޒް އިންކުން ގެނެސްދޭ އެއްޗެކެވެ. މީޑިއާނެޓްގެ މަލްޓި ސްކްރީންގެ އިތުރުން އެ ކުންފުނީގެ އެމްއެސްޓީވީން ވެސް "ގާލްފްރެންޑްސް" ގެނެސްދޭނެ އެވެ.

ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. "ގާލްފްރެންޑްސް" ގެ ތީމް ލަވަ ވެސް މިހާރު ވަނީ ނެރެފަ އެވެ.