Roadha Mihaaru
ޓެޑްރީގެ "ލަސްވިޔަސް" ޕްރިމިއާ ކޮށްފި

ޓެޑްރީގެ "ލަސްވިޔަސް" ޕްރިމިއާ ކޮށްފި

13 އެޕްރީލް 2024

މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓު ކުރި ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" ރޭ އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި އެވެ.

މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓު ކުރި ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" ރޭ އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި އެވެ.

މި ފިލްމު ޕްރިމިއާ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރެޑްކާޕެޓް އިވެންޓުގައި ފިލްމުގެ ކާސްޓާއި ކްރޫގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ބައިވެރިވި އެވެ.

މި ފިލްމުގެ ލީޑު ރޯލު ކުޅުނީ ކުރީގެ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމް އެވެ. އޭނާއާ އެކު ވާޝިޔާ މުހައްމަދާއި އަހުމަދު އީސާ (އާނަންދު) ވެސް ލީޑު ރޯލެއް ކުޅުނެވެ. އަދި ފިލްމުގެ ސަޕޯޓިން ކާސްޓުގައި ގިނަ އެކްޓަރުންތަކެއް ހިމެނެ އެވެ.

މީގެ 34 އަހަރު ކުރިން ނެރުނު "ދެރިޔާ" އަށް ފަހު ޓެޑްރީ ގެނެސްދިން "ލަސްވިޔަސް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ވަރި އަށެވެ. ވަރީގެ ސަބަބުން ކުދިންނާއި އާއިލާ އަށް ތަހައްމަލުކުރަން ޖެހޭ ވޭން މި ފިލްމުގައި ދައްކަ އެވެ. އަދި މި ފިލްމުގައި ޒޯޔާ ކުޅުނީ ސްޓޭޖް ހަތަރެއްގައި ހުރި ކެންސާ ޕޭޝަންޓެއްގެ ރޯލެވެ.

ކުރީގެ ތަރި ފައުޒިއްޔާ އާއީ ރީކޯ މޫސާ މަނިކު ވެސް ހާއްސަ ފެނިލުމަކުން ފެންނަ މި ފިލްމުގެ ޝޯތައް އަންނަ ޖޫން މަހުގެ ނިޔަލަށް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ނިންމައިފަ އެވެ.